އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް، ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ "ބޮޑު ބަދަލު" ގެނެވޭނެ އެއްވެސް މަގެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ރޭ ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހްމަދު ނަސީމަށް ތާއީދު ހޯދުމަށް ބޭއްވި ޚާއްސަ ހަފުލާއެއްގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒް ވިދާޅުވީ ރައީސް ނަޝީދު ވަރަށް ބޮޑު ބަދަލެއްގެ ވާހަކަ ދައްކަވާ އިރު، އެހާ ބޮޑު ކަމެއްގައި އެންމެ ގާތް މީހުންނާ މަޝްވަރާ ނުކުރައްވައި ހަމައެކަނި ޓީވީ މެދުވެރިކޮށް އެކަން އިއުލާނު ކުރެއްވުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި ނަޝީދު ހުށަހަޅުއްވާ މެނިފެސްޓޯއަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ މެނިފެސްޓޯއަކަށްވުރެ ބޮޑަށް ރިޔާސީ މެނިފެސްޓޯއަކާ ވައްތަރު އެއްޗެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.
"އެންމެ ބޮޑު ބަދަލަކަށް ފެންނަނީ ވެރިކަން ކުރާ ފަރާތާއި ދައުލަތުގެ އިސް ފަރާތަކީ ދެ ބައެއްގެ ގޮތުގައި ބޭއްވުން. މިއީ ރައީސް ނަޝީދު އަބަދުވެސް ދައްކަވާ ބޮޑުވަޒީރުގެ ނިޒާމުގެ ވާހަކަ،" ނިޔާޒް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ކަން ވެސް ކުރެއްވި ނިޔާޒު އިތުރަށް ވިދާޅުވީ 2028 ގެ ކުރިން މި ބަދަލުތައް ގެންނަން ނަޝީދު ބޭނުންފުޅުވިޔަސް، އެއީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަން ކުރުމަށްޓަކައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްބަސްވުން ބޭނުންވާނެ ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ވަނީ އެމަނިކުފާނު އިންތިޚާބުވީ ފަސް އަހަރަށް ކަމަށާއި، މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ތެރެއިން މި ބަދަލު ގެންނަން ބެލިޔަސް، އެމްޑީޕީގެ ތިއްބެވި 12 މެންބަރުންގެ ތެރެއިން 11 ބޭފުޅުން މިކަމާ ނުރުހޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
"މިއީ ހަގީގަތަކަށް ހެދޭނެ ކަމެއް ނޫން. ކުރެވޭނެ ކަމެއްގެ ވާހަކަ ދެއްކެވީމަ އަޅުގަނޑުމެން ގަބޫލުކުރާނީ،" ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ، ރައީސް ނަޝީދުގެ މި ހުށަހެޅުމަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރައްވާ ކެމްޕޭނެއްގެ ބަދަލުގައި، ވަކި ބޭފުޅަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރައްވާ ކެމްޕޭނެއް ކަމަށް ފެންނާތީ، ރައީސް ނަޝީދަށް ތާއީދު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މިފަދަ ބަދަލެއް ގެނައުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ބޭނުން ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މި މަގާމަށް ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު މި ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ގުޅިވަޑައިގެންނެވެ. މި ގުޅުމުގެ މައިގަނޑު މަގުސަދަކީ ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވުމަށް ރައީސް ނަޝީދު ތާއިދުކުރެއްވުމާއި، ދެ ބޭފުޅުން ގުޅިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނައުމަށް މަސައްކަތް ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު