އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލައި، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ 12 ޖޫން 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ކޮމްޕްލަޔަންސް ކޮމިޓީ އެކުލަވާލާފައިވަނީ އިންތިޚާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުންނަކީ މުޙައްމަދު ނިޝާން އިބްރާހީމް، އިވްނިންއިން / ށ.ފޯކައިދޫ، ޑޮކްޓަރ ޢައިޝަތު ޢަލީ، މ. ހިޔާވަހިގެ / މާލެ އަދި ޝާޠިރު ޢަބްދުއްރަޙްމާން، ބޯގަންވިލާ / ދ. ކުޑަހުވަދޫ އެވެ.
އެމްޑީޕީން ވަނީ، މި އިންތިޚާބާ ގުޅޭ އެންމެހައި ޝަކުވާތައް ހުށަހެޅުމަށް އޮންލައިން ފޯމެއްގެ އިތުރުން މޯބައިލް ނަންބަރު 7219637 އަށް މެސެޖު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 06 މެއި 2026 ވާ ބުދަ ދުވަހުގެ 14:00 އަށެވެ.
މީގެ އިތުރުން، އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މެންބަރުންނަށް ވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 30 މެއި 2026 ގެ 14:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މިކަމަށް އެދި ހުށަހަޅާ ފަރާތްތަކަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީގޮތުން އުޅޭ މެންބަރުންނަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ.
ހަމައެއާއެކު މިދިޔަ އޭޕްރީލް 22 ގައި ކުރިމަތިލުމަށް ހުޅުވާލި މި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތަރުތީބުވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް ހިމެނޭނެ ތަރުތީބަކީ މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ، މާލެ އާއި، އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ، ލ.ފޮނަދޫ އާއި، މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ، މާލެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ފައްޔާޒު ތާއީދު ކުރަށްވަނީ ރައީސް މުޙައްމަދު ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ތާއީދު ކުރަށްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.

ކިޔުންތެރިންގެ ހިޔާލު