މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ނަންތައް އެ ޕާޓީން ކަށަވަރުކޮށް، ކެންޑިޑޭޓުންގެ ރަސްމީ ތަރުތީބު މިއަދު އިއުލާނު ކޮށްފިއެވެ.
އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ލިސްޓު އެމްޑީޕީން މިއަދު ވަނީ އާންމުކޮށްފައެވެ.
އެމްޑީޕީން ބުނީ، ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް ހިމެނޭނެ ރަސްމީ ތަރުތީބަކީ މުޙައްމަދު ނަޝީދު (އަންނި) ގ.ކެނެރީގެ، މާލެ، އިބްރާހީމް މުޙައްމަދު (ވާޑު) ހުދުވިލާގެ، ލ.ފޮނަދޫ، މީކާއީލު އަޙްމަދު ނަސީމް ގ.ބަރޯސާ މާލެ ކަމަށެވެ.
މި އިންތިޚާބުގެ ވާދަވެރިކަން ބޮޑަށް އޮންނާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ދެމެދުގައެވެ. ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުގައި ހިމެނޭ އިބްރާހީމް މުޙައްމަދަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ލ. ފޮނަދޫ ކައުންސިލަށް ވާދަކުރެއްވި ބޭފުޅެކެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާޢީލް ތާއީދު ކުރަށްވަނީ ރައީސް މުޙައްމަދު ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ތާއީދު ކުރަށްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.

ކިޔުންތެރިންގެ ހިޔާލު