މިއަދު ފެންނަމުންދަނީ ނޫސް އިދާރާތަކަށް ވަދެގަނެ، އެޑިޓަރުން ދަތުރުފަތުރުކުރުން މަނާކޮށް، ހަގީގަތް ފޮރުވުމަށްޓަކައި ހަރުކަށި ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ހުރަސްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޅަފަތުގައި އޮތް ރާއްޖޭގެ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ލިބުނު ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ސޯލިހު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިލާފައި ކަމަށެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ސޯލިހު ވިދާޅުވީ، ނޫސްވެރިންނަށް ބިރުދައްކައި، ހަގީގަތް އޮޅުވާލުމަށް ދައުލަތުގެ ބާރުތަކުގެ ބޭނުން ހިފަމުންދާ ކަމަށެވެ. މިފަދަ ގޮންޖެހުންތަކާ އެކުވެސް، ނޫސްވެރިން ހިތްވަރާއެކު ސާބިތުވެ ތިބުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
"ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭ. ބިރުދެއްކުމަށް ފުރުސަތު ދީގެން ނުވާނެ،" ސޯލިހު ވިދާޅުވިއެވެ.
ދިވެހި ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ސޯލިހު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ ފުރާނަ ކަމުގައެވެ. އެމަނިކުފާނު ވަނީ އެއްވެސް ބިރަކަށް ސާބަސް ނުދީ، ހަގީގަތް ހާމަކުރުމުގައި ދެމިތިބުމަށް ނޫސްވެރިންނަށް ހިތްވަރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު