ނޫސްވެރިންތަކެއް--
ނޫސްވެރިންތަކެއް--
ރަސްމާލެ ކަވަރޭޖް ގެނެސްދޭ ގޮތުން ނޫސްވެރިންނަށް ފުރައްސާރަކުރާކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ) އިން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އީގަލްސް ހިލްސްއަށް ރަސްމާލެ ތަރައްގީކުރަން ދިނުމާ ގުޅޭ މައްސަލައިގައި ނޫސްވެރިންތައް ހަބަރުތައް ގެނެސްދޭ ގޮތަށް ފާޑުކިޔައި އެ މީހުންނަކީ "ޣައްދާރުން"، "ޒައިނިސްޓުން" އަދި "ޔަހޫދީން" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓުތަކެއް ދައުރުކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއަށް އެޑްރެސްކޮށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ވަނީ ފުރައްސާރަކުރުންތަކާއެކު ނޫސްވެރިންނަށް ބޮޑު ބިރުވެރިކަމާ ކުރިމަތިވެ އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން އަވަހަށް ފިޔަވަޅު އަޅައި ޒިންމާވާން ޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.

އަދި ނޫސްވެރިންނަށް އޮތް ބިރުވެރިކަމާ ގުޅޭ ރިސްކު އެސެސްމަންޓްއެއް ހަދައި ނޫސްވެރިންނަށް ފުލުހުންގެ ހިމާޔަތް ދިނުމަށް ވެސް އެމްޖޭއޭއިން ގޮވާލިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް