މިހާރު ހިނގަމުންދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުކުރުމަށް، އެހެން އެއްވެސް ބޭފުޅަކަށް ނުކުރެވޭ މިންވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެންޕެއިންގައި ދ. ކުޑަހުވަދޫގައި ބޭއްވި ބައްދަލުވުމެއްގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެތޯ އާންމު މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުކުރުމަކީ އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމެކެވެ. އެގޮތުން 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ވެރިކަމާއި، ހުރިހާ ބާރުތަކެއް މުށުތެރެއަށް ލައިގެން ހުންނެވި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަކުރެއްވިއެވެ.
އަދި އަމިއްލަ ޕާޓީގެ ވެރިކަން ބަދަލުކުރި ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ވެރިކަން ބަދަލުކުރުމަށް 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ނަޝީދުގެ ސިޔާސީ ހަޔާތަށް ބަލާއިރު، ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނެސް 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނެވެ.
ނަމަވެސް، ދައުރު ހަމަނުވަނީސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމަށްފަހު، ދެން އައި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށްފަހު ވެރިކަމަށް އައީ އެމްޑީޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެހެންނަމަވެސް، އެ ދައުރު ނިމިގެންދިޔައީ އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިވި ކަމުގެ ތުހުމަތުތަކާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު