ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު، އެ އަތޮޅުގެ ރައްޔިތުންގެ މެދުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ށ. ބިލެތްފައްސާއި ފޭދުއަށް ކުރެއްވި ޒިޔާރަތުގައި ގިނަ ބަޔަކާ ބައްދަލުވެފައިވާ ކަމަށާއި، ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އަސާސީ ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވުން ކަމަށެވެ. މީގެ އިތުރުން ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް، އެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް ނުދާތީ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އޮތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން ގިނަ ވައުދުތަކެއް ވި ނަމަވެސް، އަމަލީ މަސައްކަތް ނުފެށޭތީ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ނަސީމް އިތުރަށް ވިދާޅުވީ، ސަރުކާރުން މިއަށްވުރެ ބޮޑަށް ޒިންމާދާރުކަމާއެކު ކަންކަން ރާވާ އިންތިޒާމްކުރަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި، އެކަމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު