ފައިސަލް ނަސީމް ށ.އަތޮޅުގައި
ފައިސަލް ނަސީމް ށ.އަތޮޅުގައި
ށަވިޔަނި އަތޮޅު ގޮއިދޫގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމް.ޑީ.ޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ރާއްޖެއަށް އެމް.ޑީ.ޕީގެ ވެރިކަމެއް ގެނައުމަށް ބާރުއަޅުވައިފިއެވެ.

ފައިޞަލް ނަސީމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކުންނާއި އެމް.ޑީ.ޕީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފެންނަން އެބަހުރި ކަމަށެވެ. އަދި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ދޫކޮށްލައިފިނަމަ، ޤައުމު އެއްކޮށް ބީވެގެންދާނެ ކަމަށާއި، ރައްޔިތުންގެ ބާރުތަކާއި ޙައްޤުތަކުގެ އިތުރުން ލިބިފައިވާ ފުރުޞަތުތައް ވެސް ގެއްލިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތަކާއި ބާރުތައް އަލުން އަނބުރާ ހޯދައި، ތަރައްޤީ އިއާދަކުރުމަށްޓަކައި އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، އިޚްލާޞްތެރިކަމާއެކު އެމް.ޑީ.ޕީގެ ވެރިކަމެއް ރާއްޖެއަށް ގެންނަން ޖެހޭކަން ފައިޞަލް ނަސީމް ފާހަގަކުރެއްވިއެވެ.

ފައިސަލް މިހެން ވިދާޅުވެފައި ވާއިރު މިހާރު އިދިކޮޅު އެންމެ ބޮޑު ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމެވެ. އެގޮތުން މިހާރުން ފެށިގެން އެކަމަށް ވާންޖެހޭ ތައްޔާރީތައް ޕާޓީން އަންނަނީ ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު