ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ގިނަ މެންބަރުން އޭނާއަށް ތާއީދުކުރެއްވުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެމްޑީޕީން އެންމެ ބޮޑަށް ފާޑުކިޔައި، ތަފާތު ތުހުމަތުތައް ކުރި ވަޒީރަކީ އިޙްސާން ކަމަށްވީ ނަމަވެސް، އިއްޔެ އޮތް ވޯޓުގައި އެ ޕާޓީގެ ގިނަ މެންބަރުން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.
މި ވޯޓުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ބައިބައިވުން އުފެދިފައެވެ. އިޙްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ. މީގެ އިތުރުން، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލާއި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި ނިންމުމާ ގުޅިގެން އާންމުންގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުންގެ ފަރާތުން ވެސް ވޯޓު ދެއްވި މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. "ސަންގު ޓީވީ" އަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް މިހާރު އެންމެ އެދެވޭ ގޮތެއްގައި ކުރެވޭ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
ވާދަވެރި ޕާޓީން ވެސް ސަރުކާރުގެ ނިންމުންތަކަށް "ރުހުން" ދެމުންދާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ އެކަމާ މެދު ނުރުހުން ފާޅުކުރައްވައިފައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު ސަރުކާރު ޖަވާބުދާރީކުރުވުމުގެ މުހިންމު ޒިންމާ އުފުލަނީ ސިޔާސީ ޕާޓީތަކުގެ ބަދަލުގައި ނޫސްވެރިންނެވެ. މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންނަށް އިލްތިމާސް ކުރައްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ކޮންމެ ޚަބަރެއް ވެސް ޝާއިއުކުރުމުގެ ކުރިން އެއީ ތެދު މަޢުލޫމާތެއްކަން ކަށަވަރުކުރުން އިންތިހާއަށް މުހިންމު ކަމަށެވެ. ޚަބަރެއް "ހޫނު" ކޮށް ގެނެސްދިނުމަށް ވުރެ، އޭގެ ޞައްޙަކަން ހޯދުން މާ މުހިންމު ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ކަންކަމުގެ އަސްލު ހަގީގަތް ހާމަކޮށްދިނުމުގައި ނޫސްވެރިން ސާބިތުވެ ތިބުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު