މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލަމްއާން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން ކުންފުންޏެއްގެ ބަދަލުވުމަށެވެ.
ސަރުކާރުން އަދި މިކަން ރަސްމީކޮށް އިއުލާން ކޮށްފައި ނުވާތީ، އެއީ ކޮން ކުންފުންޏެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މި މަގާމަށް ލަމްއާން އައްޔަންކުރެއްވީ 2024 ވަނަ އަހަރު ފެބްރުއަރީ 1 ގައެވެ. އޭނާއަކީ މީގެ ކުރިންވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާ ވަނީ އަދާކުރައްވާފައެވެ.
ލަމްއާން މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، މި މަހުގެ ކުރީކޮޅު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު، ސަރުކާރުގެ ކުންފުނިތަކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު