ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކުރައްވައިފިއެވެ.
ޕީސީބީން މައުލޫމާތު ދީފައިވާ ގޮތުގައި، އަނަސް މަގާމުން އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައެވެ. އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނުކުރެވުނީ 13 މާޗު 2025 ގައެވެ.
އަނަސްގެ އިސްތިއުފާއާ ގުޅިގެން ހުސްވި ރައީސްކަމުގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަނުކޮށްފައިވާކަން އެ އިދާރާއިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.
ނިޒާރަކީ 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވައި، ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ނިޒާރު ވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައިޓީ އަދި ސޭލްސް ފަދަ ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފުރުއްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ގޭސް އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައިވެއެވެ. ނިޒާރު ވަނީ ޔުނިވާސިޓީ އޮފް ސައުތް އޮސްޓްރޭލިއާ އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ މުހިންމު އިދާރާއެކެވެ.

ކިޔުންތެރިންގެ ހިޔާލު