ވަކި ބައެއްގެ އަމިއްލަ މަސްލަޙަތަށްޓަކައި ދިވެހިރާއްޖޭގެ މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަލާކުކޮށް ނިކަމެތި ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރަށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ މަސްރަޙު އިތުރަށް ހޫނުވެފައިވަނީ، އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ އާއި، ޕީޖީ ގްރޫޕްގެ އިސް މެންބަރުންތަކެއް ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދެއްވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަށްވަމުން ރާއީ ވިދާޅުވީ، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން މިނިސްޓަރު އިޙްސާނަށް ރުހުން ދެއްވިއިރު، ކޮންމެ ރެޔަކު ޕާޓީގެ ނަމުގައި އާންމު މެންބަރުން މަގުމައްޗަށް ނެރެ ފުލުހުންނާ ކުރިމަތިލާން ޖައްސަމުންދާ ދިއުމުގެ އަސްލު ބޭނުމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި މިއީ ދެކޮޅު ނުޖެހޭ އަމަލެއްގެ ގޮތުގައި ރާއީ ވަނީ ސިފަކުރަށްވާފައެވެ.
މީގެ އިތުރުން، ޕާޓީގެ ގައުމީ މަޖިލީހުގެ އެންޑޯޒްމަންޓެއް ނެތި، ވަކި ބަޔަކު އަމިއްލަ މަގުސަދެއް ހާސިލުކުރުމަށް ޕާޓީއާއި އާންމު މެންބަރުން ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކަކީ ޕާޓީގެ އަސާސްތަކާ ޚިލާފަށް، ގަސްތުގައި ޕާޓީ ހަލާކުކޮށް ނިކަމެތި ކުރުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރާއީ މިހެން ވިދާޅުވެފައިވާއިރު، އިއްޔެ މަޖިލީހުގައި ނެގި ވޯޓުގެ ތަފުސީލަށް ބަލާއިރު، ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއެވެ. ނަމަވެސް، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އިޙްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ކަނޑިީތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި މައްސަލަ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައި މިވަނީ، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެ، އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

މި ވަގުތު ޕާޓީ ހިންގުމާއި ހަވާލުވެ ހުންނެވި، އެމްޕީ ގަފޫރު، ޕާޓީގެ ވަގުތީ ޗެއާޕާސަން މިވަނީ މިނިސްޓަރު އިހްސާން އަށް ވެސް މިއަދު މަޖިްލިސްގައި ވޯޓްގައި ރުހުންދެއްވާފައެވެ.
— Mohamed Raee / Makunudhoo Constituency (@Mraee12) April 30, 2026
ވީމާ ކޮންމެ ރެޔަކު ޕާޓީގެ ނަމުގައި މަގުމައްޗަށް މަދު MDP ގެ އާއްމު މެމްބަރުން… pic.twitter.com/o0kdz7ZQWx
ރާއީ މިހެން ވިދާޅުވެފައިވާއިރު، އިއްޔެ މަޖިލީހުގައި ނެގި ވޯޓުގެ ތަފުސީލަށް ބަލާއިރު، ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވޯޓު ދެއްވިއެވެ. ނަމަވެސް، އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އިޙްސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. ކަނޑިީތީމު ދާއިރާގެ މެންބަރު އަމީން ފައިސަލާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިމް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.
މި މައްސަލަ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައި މިވަނީ، ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެ، އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު