މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތައް އަލުން ގުނައިދިނުމަށް އެދި އިދިކޮޅު އެމްޑީޕީން ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފެވެ. އޭނާއަށް 916 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބިވަޑައިގަތީ 905 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތީ އެންމެ 11 ވޯޓުގެ ތަފާތެއް ނަމަވެސް، އެ ދާއިރާގެ ބާތިލް ވޯޓުގެ އަދަދު 400 އަށް ވުރެ ގިނަކަން ފާހަގަކުރެވެއެވެ.
އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ވޯޓު ފޮށްޓެއް ގުނުމުގައި ބާތިލް ވޯޓެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމަށެވެ. އަދި ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގު ކުޑަވުމާއެކު، އަލުން ވޯޓު ގުނައިފި ނަމަ އިންތިހާބުގެ ނަތީޖާއަށް ބަދަލު އައުމުގެ ފުރުސަތު އޮތް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.
ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމުގައި ބުނެފައިވަނީ، ވޯޓު އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ އެއްވެސް ސަބަބެއް އެމްޑީޕީގެ ފަރާތުން ސާފުކޮށް ބުނެދެވިފައި ނުވާ ކަމަށެވެ.
ހުޅުމާލޭގެ މައްސަލައިގެ އިތުރުން، ބައެއް ރަށްރަށުގެ ކައުންސިލް އިންތިހާބާ ގުޅޭގޮތުން އެމްޑީޕީން ހުށަހެޅި އެހެން މައްސަލަތައް ވެސް ބަލައިނުގަތުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު