ކުރިއަށް އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށް ތާއީދުކުރަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 10 މެންބަރަކު ވަނީ މީކާއީލަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރަށްވާފައެވެ. މި ނިންމުމަކީ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ސިޔާސީ މަސައްކަތްތަކަށް ޕާޓީ ތައްޔާރު ކުރުމުގެ މަގުސަދުގައި ނިންމި ނިންމުމެއްކަމަށް އެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.
މީކާއީލަށް ތާއީދު ކުރަށްވާކަން ހާމަކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މަޖިލީހުގެ އިސް މެންބަރުންތަކެއް ކަމަށްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ.
ހަމައެއާއެކު މާވަށް ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވެސް ވަނީ މީކާއީލަށް ތާއީދުކުރަށްވާކަން ހާމަކުރައްވާފައެވެ.
މި އިންތިޚާބުގައި މެމްބަރު މީކާއިލާއެކު ދެން ވާދަކުރަށްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ. އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ރައީސް ނަޝީދު ގެންދަވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށައި، ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރަށްވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، މި އިންތިހާބުގެ ވޯޓުލުން އޮންނާނީ ޖޫން 12 ވާ ބުދަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު