ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނާކާމިޔާބުވަމުންދަނީ އެމަނިކުފާނުގެ ކިބައިގައި ސިޔާސީ ސާފު ފަލްސަފާއަކާއި ތަސައްވުރެއް ނެތުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީ ހިތަދޫގައި ރޭގައި ކުރިއަށްގެންދިޔަ އެމަނިކުފާނުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ވެރިކަމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ބަހާތައް މި ސަރުކާރުން ފެންނަން ނެތް ކަމަށެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސަރުކާރު ހިންގާނެ ވަރުގަދަ ފަލްސަފާއެއް ނެތުމާއި، ގައުމަށް ބޭނުންވާ ފުން ވިސްނުމާއި ތަސައްވުރު މަދުވުން ހިމެނެއެވެ. އަދި ރައްޔިތުންނަށް ގައުމުގެ ކުރިމަގު ފެންނާނެ ފަދަ ސާފު މަންޒަރެއް ކުރަހައިދެވިފައި ނުވާކަމަށާއި، ރައްޔިތުންގެ ހިތްތަކުގައި އުންމީދެއް އާލާކޮށްދިނުމުގައި ވެސް މި ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެމްޑީޕީން މިހާރު ތައްޔާރުވަމުން އަންނަނީ ވަރުގަދަ ވިސްނުމަކާއި އުންމީދީ މަންޒަރެއް ރައްޔިތުންނަށް ދައްކައިދީގެން އަލުން ވެރިކަމަށް އައުމަށް ކަމަށެވެ.
ގައުމުގެ ކަންކަން ރަނގަޅު މަގަށް އަޅުވައި، ރައްޔިތުން އެދޭ ފަދަ ތަރައްގީއެއް ގެނެވޭނީ އެމްޑީޕީގެ ފިކުރާއި ފަލްސަފާގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވަނީ މި ޖަލްސާގައި ބާރުއަޅުއްވައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު