ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ނިޒާރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ނިޒާރު ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި އިދިކީލަ ފިކުރުތަކަކީ ޙުދުމުހުތާރު ވިސްނުންތަކެއް ކަމަށެވެ. އެހެންކަމުން، އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އާ މިސްރާބަކަށް ޕާޓީގެ ދަތުރު ފަށަންޖެހޭ ވަގުތު ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމުކުރުމަށް ކުރަމުންދާ ދަތުރުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރަށްވައި ނިޒާރު ވިދާޅުވީ، މި ނާޒުކު ދަނޑިވަޅުގައި ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައި، ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވެވަޑައިގަތުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ރިޔާސީ ޓިކެޓް ހޯދައިދިނުމަށް ތާއީދުކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ ވަރަށް އަގުހުރި ނިންމެވުމެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފައްޔާޒަކީ ރާއްޖެއަށް ބޭނުންވާ ސިޔާސީ އިސްލާހުތައް ގެނައުމަށް ކެރިގެން މަސައްކަތް ކުރެއްވޭނެ ގާބިލް ލީޑަރެއް ކަމަށެވެ.
ނިޒާރުގެ ޕޯސްޓް ނިންމާލައްވާފައިވަނީ ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލަށް ކުރިއަށް އޮތް ސިޔާސީ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ. އެމްޑީޕީގެ އެތެރޭގެ ސިޔާސީ ހަރަކާތްތައް ވަރުގަދަވަމުންދާ މި ދަނޑިވަޅަކީ ޕާޓީގެ މަގުމަތީ ޙަރަކާތްތަކުގެ ފޯރިވެސް ގަދަވެފައިވާ ވަގުތެކެވެ.

ކިޔުންތެރިންގެ ހިޔާލު