މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީގެ ޒިންމާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަރީއަވާން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސަށް އަމާޒުކުރައްވައިފިއެވެ.
އަލީ ހުސައިން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުލިބުނީ ޕާޓީގެ ކެމްޕެއިން ޓީމުތަކުގެ ސަބަބުން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައީސް ޑރ. މުއިއްޒު ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރުމުގެ ވޯޓުން ބަލިވުމުގެ ހުރިހައި ޒިންމާއެއް ނަންގަވަން ޖެހޭނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ. އަދި ޒިންމާއިން ބަރީއަވާން މަސައްކަތް ކުރެއްވުމަކީ ރީތި ގޮތެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ޒިންމާދާރުކަމުގެ މައްޗަށް އަލިއަޅުވާލަމުން އަލީ ހުސައިން ވިދާޅުވީ "ހަނގުރާމަޔަކުން ބަލިވީމާ އޭގެ ޒިންމާނަގަން ޖެހޭނީ ލަޝްކަރުގެ ކޮމާންޑަރު" ކަމަށެވެ.
ސަރުކާރު ހިންގާ ޕީއެންސީން މި ވޯޓު ނެގުމަށް މަސައްކަތް ކުރީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކަމަށް ބުނި ނަމަވެސް، މިކަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ނުލިބުނެވެ. ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން ވޯޓުދިނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. އެއީ 68.7 އިންސައްތައެވެ. ފެންނަ ކަމަށް ވޯޓުދިނީ 67،680 މީހުންނެވެ.
މި ނާކާމިޔާބީއާ ގުޅިގެން ސިޔާސީ ދާއިރާގެ ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް މުއިއްޒުގެ ސަރުކާރަށް މިހާރު ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު