ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވާއިރު، އެމްޑީޕީގެ އަންހެން ކައުންސިލަރުންނަށް އެ ފުރުސަތު ދިނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ގޮވާލައިފިއެވެ.
އެ ޕާޓީގެ އަންހެނުންގެ ގޮފިން މިކަމަށް ގޮވާލީ ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނުގައި ބުނެފައި
ވަނީ، އެމްޑީޕީއަކީ އަބަދުވެސް އަންހެނުން ބާރުވެރިކުރުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންނަށް ސިޔާސީ ދާއިރާގައި ބަސްބުނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެމްޑީޕީން ކުރި މުހިންމު މަސައްކަތެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނިމިދިޔަ އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުވާލަމުން އެ ބަޔާނުގައި ބުނީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި 174 އަންހެން ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރެއިން 107 ކައުންސިލް ގޮނޑި އެމްޑީޕީގެ އަންހެން ބޭފުޅުން ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. މި ކާމިޔާބީއާ ގުޅިގެން އިންތިޚާބުވި މޭޔަރުންނާއި، ކައުންސިލް ރައީސުންނާއި، ކައުންސިލް މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އަންހެނުންގެ ރޫހުން ވަނީ މަރުހަބާ ކިޔާފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ޕާޓީގެ ލީޑަރޝިޕަށާއި އިންތިޚާބުވި ކައުންސިލަރުންނަށް ހުށަހަޅާފައިވަނީ، ސިޓީ މޭޔަރުންނާއި ކައުންސިލް ރައީސުންގެ މަގާމުތަކުގައި ގިނައީ ފިރިހެން ބޭފުޅުން ކަމަށްވާތީ، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ނައިބު މަގާމުތައް އަންހެން ކައުންސިލަރުންނަށް ދިނުމަށެވެ.
"ޑެޕިއުޓީ މޭޔަރުންނާ ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި، އެމްޑީޕީގެ އަންހެން ކައުންސިލަރުން އިންތިހާބު ކުރެވެން އޮތް ތަންތާ އެ ބޭފުޅުންނަށް އެ ފުރުސަތު ދެއްވުމަށް އިލްތިމާސްކުރަން. މިއީ އެމްޑީޕީން އަންހެނުންނަށް ސިޔާސީ ދާއިރާގައި ލީޑަރޝިޕް ދައުރު އަދާކުރުމަށް ދޭ ހިތްވަރު އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ނިންމުމެއް،" ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މުޅި ރާއްޖޭގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުންގެ ފަރާތުން މި ނަމޫނާ ފެނިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށާއި، ޕާޓީގެ ލީޑަރޝިޕުންވެސް މިކަމަށް ކައުންސިލަރުންނަށް ހިތްވަރު ދެއްވުމަށް އަންހެނުންގެ ރޫހުން ވަނީ އެދިފައެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ބަޔާން ނިންމާލާފައިވަނީ، އެމްޑީޕީއަކީ އަބަދުވެސް މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރާ، އަދި ހުރިހާ ކަމެއްގައިވެސް ދިވެހި ރައްޔިތުންނަށް ނަމޫނާ ދައްކާ ޕާޓީއެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު