ދިއްދޫ ލަތީފް
ދިއްދޫ ލަތީފް
ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، ހއ. ދިއްދޫ ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ބޮޑު ތަފާތަކުން އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާއާއެކު ދިއްދޫގެ ކައުންސިލްގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީން ވަނީ ދަމަހައްޓާފައެވެ.

ދިއްދޫ އަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރަށްވާ އަބްދުއްލަތީފް (ލަތީބެ) ނިސްބަތްވެވަޑައިގަންނަވާ ދާއިރާއެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ދިއްދޫގައި އެމްޑީޕީގެ ކެންޑިޑޭޓުން ވަނީ ސަރުކާރުގެ ކެންޑިޑޭޓުންގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދާފައެވެ.

ދިއްދޫގެ ގިނަ ގޮނޑިތަކެއް އެމްޑީޕީން ކާމިޔާބުކުރި އިރު، ކައުންސިލްގެ ރައީސްގެ ގޮނޑި ހިމެނޭ ގޮތަށް ސަރުކާރަށް ކާމިޔާބު ކުރެވުނީ އެންމެ ދެ ގޮނޑިއެވެ.

ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ހުންނެވި ދާއިރާއަކުން މިފަދަ ނަތީޖާއެއް ފެނުމަކީ، ސިޔާސީ ގޮތުން ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށް އެ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު