މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޚަދީޖާ މުޙައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި
މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޚަދީޖާ މުޙައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި
އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، މައްޗަންގޮޅި އުތުރު ދާއިރާގެ ކައުންސިލް ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޚަދީޖާ މުޙައްމަދު (ހައްޖަ) ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވައިފިއެވެ.

ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި ހައްޖަ ގޮނޑި ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 55 އިންސައްތަ އަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ކަމަށްވާ 702 ވޯޓާއެކުގައެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާދަމް އަދީމަށް ލިބިވަޑައިގަތީ 459 ވޯޓެވެ.

އިއްޔެގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮނޑީގެ އިތުރުން، ކައުންސިލްގެ 17 ގޮނޑީގެ ތެރެއިން 16 ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު، ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ހަމައެކަނި ވިލިމާލޭ ދާއިރާގެ ގޮނޑި އެކަންޏެވެ.

މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތައް ކާމިޔާބުކޮށް، ސިޔާސީ ގޮތުން ސަރުކާރަށްވަރުގަދަ މެސެޖެއް ދީފައެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާމެދު ނެގުނު ރިފަރެންޑަމްގައިވެސް ރައްޔިތުން ނިންމާފައިވަނީ އެމްޑީޕީން ވަކާލާތުކޮށް ކެމްޕޭންކުރި ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު