އިއްޔެ ބޭއްވުނު ކައުންސިލް އިންތިޚާބާއި، ޤަނޫނު އަސާސީގެ އަސާސީ ސިފަތައް ނެތިކޮށްލައި ބާރުތައް މަސްހުނި ކުރުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނެގުނު ފެންނަ ނުފެންނަ ވޯޓަކީ ދިވެހި ސިޔާސީ މަސްރަޙުގައި ރައްޔިތުން ވަރަށް ސާފު އަދި ވަރުގަދަ މެސެޖެއް ދިން އިންތިޚާބެކެވެ. ރައްޔިތުން ބުނެދިނީ އެމްޑީޕީގެ ފިކުރަކީ ސީދާ ރައްޔިތުންގެ ފިކުރު ކަމެވެ. ހަމައެއާއެކު އެމްޑީޕީއަކީ މަދު ވިޔަފާރިވެރިންތަކެއްގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭނެ ފިކުރެއް ނޫންކަން މިއަދު މިވަނީ އެމްޑީޕީގެ ލީޑަރުންގެ ގޮތުގައި ތިބި މީހުންނަށް އަންގައިދީފައެވެ.
ރައްޔިތުންނަށް އުންމީދު ގެނެސްދިން ފިކުރު
އެމްޑީޕީގެ ފިކުރަކީ ނިކަމެތި ރައްޔިތުންނަށް އުންމީދެއް ހޯދައިދިން ފިކުރެކެވެ. މީގެ ކުރިން ބޭސްފަރުވާއަށް ސަލާންޖެހުމާއި، ދަރިންގެ ފޮތްފަންސުރަށް އާދޭސްކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް ނަޝީދުގެ ސަރުކާރުގައެވެ. ރާއްޖޭގައި އަގުހެޔޮ ސޯޝަލް ހައުސިންގ އެޅޭނެކަން ސާބިތުކޮށްދިން 'ފްލެޓް ދޮންބެ' ގެ ފިކުރަކީވެސް މިއީއެވެ. ރަށްރަށުގެ ބަންދުން ރައްޔިތުން ވީއްލުވައިދީ، ހެޔޮ އަގުގައި ދަތުރުފަތުރު ކުރެވޭނެ ފެރީގެ ޚިދުމަތާއި، އަގުހެޔޮކޮށް ފެނާއި ކަރަންޓު ލިބޭނެ މަގު ތަނަވަސްކޮށް، އެ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުކުރީވެސް މި ފިކުރުގެ ސަރުކާރުތަކުގައި ރައީސް ނަޝީދާއި، ރައީސް ޞާލިޙްގެ ލީޑަރޝިޕްގައެވެ.
މީގެ އިތުރުން، 2008ގެ ކުރިން 8 ރުފިޔާއަށް ހުރި މަސްކިލޯގެ އަގު 20 ރުފިޔާއަށް ބަދަލުކޮށް މަސްވެރިންނަށް ހިންދެމިލެވޭނެ މަގު ތަނަވަސްކޮށްދީ، ރައްޔިތުންގެ ޖީބަށް ސީދާ ޑޮލަރު ވަންނާނެ ގޮތަށް ގެސްޓްހައުސް ވިޔަފާރި ތައާރަފް ކުރުމަކީވެސް އެމްޑީޕީގެ އިންގިލާބީ ފިކުރެވެ. އެކަނިވެރި މައިންގެ ނިކަމެތިކަން ދެނެގަނެ އެމީހުންނަށް ފައިސާގެ އިނާޔަތެއް ދިނީ މިފިކުރުގެ ތެރެއިންނެވެ. މުސްކުޅި މައިންބަފައިންނަށް އިނާޔަތް ހަމަޖައްސައި އެމީހުންނަށް ހިނިތުންވުމެއް ގެނެސްދިނީ އެމްޑީޕީންނެވެ. ހަމައެހެންމެ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް އެމްޑީޕީގެ ފިކުރުގެ ތެރެއިން ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.
ވިޔަފާރިވެރިންގެ ނުފޫޒާއި ދެކޮޅަށް ރައްޔިތުން
އެމްޑީޕީއަކީ ދުވަހަކުވެސް ރާއްޖޭގެ ވިޔަފާރިވެރިން ހެޔޮހިތުން ބަލައިގަތް ފިކުރެއް ނޫނެވެ. ވިޔަފާރިވެރިން އެމްޑީޕީއާއި، ޚާއްޞަކޮށް ޕާޓީގެ އެއް ބާނީ ރައީސް މުޙައްމަދު ނަޝީދު ދެކެ ރުޅި އަންނަ ސަބަބަކީ ރައްޔިތުން ބާުރުވެރިކުރުވައި، ވިޔަފާރިވެރިންގެ އަޅުވެތިކަމުން ރައްޔިތުން މިންޖުކުރުމަށް މަސައްކަތް ކުރާތީއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ފުރަތަމަ ވެރިކަން ދައުރުގެ މެދުތެރެއިން ވައްޓާލިއެވެ. އެމްޑީޕީގެ މެންބަރުންނަށް "ލާދީނީ"ގެ ލަގަބު ދިނެވެ.
އިއްޔެގެ ވޯޓުގައި މުޅި ދައުލަތާއި، ރާއްޖޭގެ ބޮޑެތި މަހުޖަނުންނާއި، ހުރިހާ ސިޔާސީ ޕާޓީތަކެއް ނިކުތީ އެމްޑީޕީއާ ދެކޮޅަށެވެ. ކުރިން އެމްޑީޕީގެ ވެރިންނަށް އޮޅުވާލައި "ބޯވަ" ހެދިގެން އުޅުނު "އަދާލަތު ޕާޓީ" ނިކުމެ އޮތީ އެމްޑީޕީ ބަލި ކުރުމަށެވެ. ގާސިމް އިބްރާހީމާއި، ސަން ސިޔާމާއި، ޖާބިރާއި، ޗަންޕާ ފަދަ ބޮޑެތި ވިޔަފާރިވެރިން ތިބީ އެއްގަލަކަށް އަރައެވެ. އެމީހުންގެ ބޭނުމަކީ އެމީހުންގެ 'ޕްރޮކްސީ' މެންބަރުން މަޖިލީހަށް ވައްދައިގެން، އަމިއްލަ މަސްލަހަތު ހިމާޔަތްކުރާނެ ފަސޭހަ މަގެއް ހޯދުމެވެ. ރައްޔިތުންނަށް ބާރު ލިބޭނެ ހުރިހާ މަގެއް ބަންދުކޮށް ޤައުމުގެ މުއްސަނދިކަން އެމީހުންގެ "ތައްޕާހަށް ބައްކުރުމަށެވެ."
އެމްޑީޕީ އަށް ޢިބުރަތްތެރި ފިލާވަޅެއް
މިއީ އެމްޑީޕީން ފިލާވަޅު ނަގަންޖެހޭ ވަގުތެވެ. ވިޔަފާރިވެރިން އެމްޑީޕީއަށް ހެވެއް ނޭދޭނެކަން މިއަދު މިވަނީ ކަށަވަރުވެފައެވެ. އެމްޑީޕީގެ ވެރިކަންތަކުގައި، އެމީހުން ޕާޓީގެ ތެރެއަށް ފޭދިގަންނަނީ ޕާޓީ ބަލިކަށިކޮށް، ރައްޔިތުން މާޔޫސް ކުރުމަށެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި ވިޔަފާރިވެރިން އެމްޑީޕީގައި ވަކިހިއްޕުމުން ރައްޔިތުން ބުނީ "ހޯހޯ" އެވެ. ވިޔަފާރިވެރިންނަށް ބާރުލިބޭކަށް ރައްޔިތުން އެއްގޮތަކަށްވެސް ނޭދެއެވެ.
މިއަދު ވިޔަފާރިވެރިން ތިބީ ސަރުކާރަށް ތާއީދުކޮށްގެންނެވެ. އެމްޑީޕީ އޮތީ އެކަނިވެފައެވެ. ނަމަވެސް ރައްޔިތުން ބުނީ އެމްޑީޕީއަކީ އެމީހުންގެ ދަރިއެއް ކަމަށާއި، އެ ދަރި މަގުމަތިވާން ދޫކޮށްނުލާނެ ކަމަށެވެ. ޕާޓީއަށް އަލުން "އާ އުންމީދެއް" ދިނީ ރައްޔިތުންނެވެ. އެމްޑީޕީން ފިލާވަޅު ނަގަންވީ މިކަމުންނެވެ.
ކުރިމަގަށް އޮތްގޮތް
މިއަދު އެމްޑީޕީގެ ލީޑަރުން ގޮތްދޫކޮށް އެކަތިގަނޑަކަށް ވާންޖެހެއެވެ. ޕާޓީ ކުރިއަށް ގެންދަންވީ "އަސްލު އެމްޑީޕީގެ" ފިކުރާ އެއްގޮތަށް، ރައްޔިތުންގެ ފިކުރާ އެއްގޮތަށެވެ. ވިޔަފާރިވެރިން ޕާޓީގައި ވަކިހިއްޕުމަށް ފުރުސަތު ދީގެން ނުވާނެއެވެ. ރައްޔިތުން ބޭނުމީ ފައިސާގެ އަޅުންނަށް ވާކަށްނޫނެވެ. ރައްޔިތުން ބޭނުމީ މިނިވަން، ހިތްހަމަޖެހޭ، އަދި އަދުލުވެރި ދައުލަތެކެވެ.
އެމްޑީޕީގެ ކުރީގެ "އަސްލު ލީޑަރުން" މިއަދު ޕާޓީގެ ލީޑަރޝިޕްގައި ހިފަންޖެހެއެވެ. ރައީސް ނަޝީދާއި، ރައީސް ޞާލިޙާއެކު އެމްޑީޕީގެ ކުރީގެ ރައީސުން ކަމަށްވާ ޑރ. މުނައްވަރާއި، އިބްރާހިމް އިސްމާޢީލާއި، ޑރ. ޑީޑީ އާއި ކުރީގެ ޗެއަރޕާސަން މޫސާ މަނިކާއި، މާރިޔާ އާއި، ސީނިއަރ މެންބަރުން ކަމަށްވާ އިންތި އާއި، އީވާމެން ފަދަ ބޭފުޅުން ލީޑަރޝިޕުން އަލުން ފެންނަންޖެހެއެވެ. އެމްޑީޕީގެ ފުރަތަމަ ހިޔަނި ކެބިނެޓްގެ މެންބަރުންނާއި، އެންމެ ފުރަތަމަ ޤައުމީމަޖިލީހުގެ މެންބަރުން އެމްޑީޕީގެ ހަރުގެއަށް އެނބުރި ވަންނަން ޖެހެއެވެ. މިހާރުގެ ޖީލަށް އޭރުގެ ވާހަކަތައް ކިޔައިދޭން ޖެހެއެވެ.
އެމްޑީޕީގެ ފުރަތަމަ ކެބިނެޓްގެ ވަޒީރުން މިހާރުގެ ޒުވާން ލީޑަރުންނަށް އެބޭފުންގެ ތަޖުރިބާއާއި، އެމްޑީޕީގެ އަސްލު ޙަގީގީ ސިޔާސަތުތައް ބުނެދެއްވަން ޖެހެއެވެ. ޕާޓީގެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީއަށްޓަކައި ވީ ޤުރުބާނީ ޕާޓީގެ ތާރީޚުގައި ވަނީ ރަންއަކުރުން ލިޔެވިފައެވެ. އެމްޑީޕީ ސިޔާސީ ގޮތުން އިތުރަށް ޙަރަކާތްތެރި ކުރެވޭނީ އެގޮތުންނެވެ.
މިއަދު ކުރަންވީ ކަމަކީ ރައްޔިތުންނަށް މިއީ އެމީހުން ލޯބިން ބަލާބޮޑުކުރި "އަސްލު އެމްޑީޕީ" ކަން އިހްސާސް ކޮށްދިނުމެވެ. އަދި އިއްޔެ ރައްޔިތުން އެމްޑީޕީއަށް ހޯދައިދިން މޮޅާއެކު، ދަލުބޭރުން ޖެހިގެން އަންނަ މަހުޖަނުންނަށް ޕާޓީގެ އެތެރެ ކޮއިލުން ޖާގަ ނުލިބޭނެ ގޮތަށް ޕާޓީގެ ހިންގުން އަލުން ތަރުތީބުކުރަން ޖެހެއެވެ. 2028 ކާމިޔާބު ވާނީ އޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު