މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބާއްވާ ގޮތަށް ގެންނަން އުޅޭ އިސްލާހަކީ ރާއްޖޭގެ ދިމިގްރާތީ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް ވިދާޅުވި ގޮތުގައި މި ބަދަލަށް ރައްޔިތުން ވޯޓްދީފި ނަމަ، ދައުލަތުގެ ތިން ބާރު އެކުވެ، މުޅި ގައުމު "ވަން މޭން ޝޯ" އެއްގެ ގޮތުގައި ހިންގުމަށް މަގުފަހިވެގެންދާނެއެވެ.
މިކަމުގެ ސަބަބުން މަޖިލީހުގެ މިނިވަންކަން ގެއްލި، މެންބަރުންނަކީ ސަރުކާރުން ބުނާ ކޮންމެ ކަމަކަށް "އާނ" ބަސް ބުނަން މަޖުބޫރުވާނެ ބަޔަކަށް ވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އޮންނަ ނިޒާމުގައި ރިޔާސީ ދައުރު ފެށޭތާ ފަސްވަރަކަށް މަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާތީ، މެންބަރުންނަށް ސަރުކާރާއެކު މިނިވަންކަމާއެކު މުއާމަލާތް ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އިލްހާމް ވިދާޅުވިއެވެ.
ނަމަވެސް އައު އިސްލާހުގެ ދަށުން، ރިޔާސީ ކެންޑިޑޭޓާއެކު މަޖިލިސް މެންބަރުންވެސް ހޮވަން ވެއްޖެނަމަ، ޕާޓީ ޓިކެޓް ހޯދުމަށްޓަކައި މެންބަރުންނަށް ޖެހޭނީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބެން ކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު މެންބަރުންނަށް ޖެހޭނީ އެބޭފުޅުންގެ އަމިއްލަ ބާރު ކެނޑި، ސަރުކާރުން ބޭނުންވާ ގޮތަށް "ބިޑިއެޅުވިފައި" ތިބެން ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
ޚާއްސަކޮށް ވެރިކަން ކުރާ ޕީ.އެން.ސީގެ މެންބަރުންނަށް މުޚާތަބު ކުރައްވައި އިލްހާމް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން އެންމެ ބޮޑަށް ބިކަވެގެންދާނީ އެ މެންބަރުން ކަމަށެވެ.
މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން 80 އިންސައްތަ މެންބަރުންނަށް ކުރިއަށް އޮތް ތަނުގައި ޕާޓީ ޓިކެޓް ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެންކަމުން އަމިއްލަ ބާރުތައް ދޫކޮށް ނުލުމަށް އޭނާ ގޮވާލެއްވިއެވެ.
ރައްޔިތުންގެ ހައްގުގައި ހޭވެރިވެ، މި އިސްލާހާ ދެކޮޅަށް ތެދުވުމަށާއި، މަޖިލީހުގައި މިކަމަށް "ނޫނެކޭ" ބުނުމަށް ކެރެންޖެހޭނެ ކަމަށް ވިދާޅުވެ އިލްހާމް ވަނީ މެންބަރުންނަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު