ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ. ރަސްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ކަމެއް ކޮށްދެންދެން އަތް އުރާލައިގެން ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ.
ރަށެއްގައި ފްލެޓް އެޅުން ފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ސަރުކާރުން ނުކުރިއޭ ކިޔައިގެން ޝަކުވާ ކުރުމުގެ ބަދަލުގައި، ކައުންސިލްތަކުން އިސްނަގައިގެން އެފަދަ މަސައްކަތްތައް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން މަޝްރޫއުތައް ހިންގާނެ ކަމަށް ބުނި ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން އެކަންކަން ލަސްވެދާނެކަން ގަބޫލުކުރަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދަރަންޏަށް ޒިންމާވުމާއި ލޯނު ނެގުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން، ރަށުގެ ތަރައްގީއަށާއި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް ކައުންސިލްތަކުން އަމިއްލައަށް ލޯނު ނަގައިގެން މަސައްކަތް ފެށުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މިސާލެއްގެ ގޮތުން މާލޭ ސިޓީ ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުން މިހާރުވެސް މިފަދަ މަސައްކަތްތައް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކައުންސިލްތަކުން ސަރުކާރަށް ބަރޯސާވާ މިންވަރު އިތުރުވާ ވަރަކަށް ރަށަށް ލިބޭ މިންވަރު ކުޑަވަމުންދާނެ ކަމަށް ރައީސް ނަޝީދު އިންޒާރު ދެއްވިއެވެ.
ކައުންސިލަރުންގެ އެންމެ ބޮޑު ވިސްނުމަކަށް ވާންޖެހޭނީ ރަށަށް އަމިއްލަ ތަނަވަސްކަން ހޯދައި، ރަށުގެ ތަރައްގީއާއި ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނެވިފައިވާނީވެސް މި މަގްސަދު ހާސިލްކުރުމަށްޓަކައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު