އުކުޅަހު ޕީއެންސީ ޓީމެއް ރައީސް ނަޝީދާއި އެކު
އުކުޅަހު ޕީއެންސީ ޓީމެއް ރައީސް ނަޝީދާއި އެކު
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަށް ރައީސް ނަޝީދު އުކުޅަހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ އެ ރަށުގެ ގިނަ ރައްޔިތުން އެއްވެ އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށް އެއްވި އެއްވުމުގެ ތެރެއިން ޕީއެންސީ އަށް ނިސްބަތްވާ ޒުވާނުން ތަކެއް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރޭގެ ވަގުތެއްގައި ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ ރައްޔިތުން ބަނދަރުމައްޗަށް ޖަމާވެފައި ތިބިއިރު ގިނަބަޔަކު އަޅައިގަތީ ޕީއެންސީގެ ޓީޝާޓު ލައިގެން ތިބި ބަޔަކު ރައީސް ނަޝީދާ ސަލާންކޮށް ވާހަކަދައްކައި ފޮޓޯނަގަމުން ދިޔަ މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ ހާލަތު ނިޔާ ކުރާ ގޮތުން މަޖުބޫރުން ޕީއެންސީ ޓީޝާޓްލައިގައި އުޅޭ މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީ އަށް ނިސްބަތްވާ 4 ނޫނި 5 މީހަކު އެވަގުތު އެތަނުގައި ތިއްބެވެ. މި މަންޒަރުތައް ފެނިގެންދިޔަ ގިނަ ބަޔަކު ބުނަމުންދަނީ، އެ ބޭފުޅުން ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ނަމަވެސް، އެ ބޭފުޅުންގެ ހިތް އޮތީ އަދިވެސް އެމްޑީޕީއާ އެކުގައި ކަމަށެވެ.

އުކުޅަހަކީ ސިޔާސީ ގޮތުން އަބަދުވެސް ވަރަށް ފޯރިގަދަ ރަށަކަށް ވާއިރު، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން އިދިކޮޅު ލީޑަރަކާ މިފަދަ ގާތް ގުޅުމެއް ބޭއްވުމުން ގިނަ ބައެއްގެ ސަމާލުކަން މިވަނީ މިކަމަށް ހުއްޓިފައެވެ. މިއީ ކުރިއަށް އޮތް ސިޔާސީ މަޝްރަހަށް އަތުވެދާނެ ބަދަލެއްގެ ނިޝާނެއް ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު