ރައީސް މުހައްމަދު ނަޝީދު އުކުޅަހައް ވަޑައިގަތުން.
ރައީސް މުހައްމަދު ނަޝީދު އުކުޅަހައް ވަޑައިގަތުން.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ހަރަކާތްތަކަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ އިތުރުން އެ ޕާޓީގެ އިސް ލީޑަޝިޕްގެ ބޭފުޅުން އއ. އުކުޅަހަށް ވަޑައިގަތުމުން އެ ރަށުން ވަރަށް ހޫނު މަރުޙާބާއެއް ދަންނަވައިފިއެވެ.





ރައީސް ނަޝީދާއި އެމްޑީޕީގެ ވަފުދަށް މަރުޙާބާ ދެންނެވުމަށް އުކުޅަހުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް އެއްވެފައިވާއިރު، ރަށުގެ ސަގާފީ އާދަކާދަތަކާ އެއްގޮތަށް ރީތި މާތަކުން އެ ބޭފުޅުންނަށް ވަނީ ވެދުންކޮށްފައެވެ.



ނަޝީދު އުކުޅަހައް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުން ވަރަށް ހޫނު މަރުޙަބާއެއް


މި ދަތުރުފުޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށާއި، ރަށުގެ ރައްޔިތުންގެ ޝުޢޫރުތައް އަޑުއެއްސެވުމަށް ކުރައްވާ ރަސްމީ ކެމްޕޭން ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އުކުޅަހުގެ ތަރައްޤީއާ ގުޅޭގޮތުންނާއި، ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމާ ގުޅޭގޮތުން ޕާޓީގެ ލީޑަޝިޕުން ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އުކުޅަހުން ފެނިގެންދިޔަ މި ހޫނު މަރުޙާބާއިން، އެ ރަށުގައި އެމްޑީޕީއަށް އޮތް ތާއީދު ވަރަށް ބޮޑަށް ހާމަވެގެންދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު