ކޮލަމާފުށީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަށްވާ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިލްތިމާސް ކުރަށްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ކޮލަމާފުށީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި އޯޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ.
ރައީސް ނަޝީދު ވަނީ ކޮޅަމާފުށީ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ އިބްރާހިމް ވަހީދަށާއި، ކައުންސިލް މެންބަރު ކަމަށް ވާދަކުރަށްވާ ޝަހާމަތު ހަނީފާއި، އާމިނަތު އަބްދުﷲ އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ފާތުމަތު ނާސިރާއި، މެންބަރު ކަމަށް ވާދަކުރަށްވާ ޝަރުނާޒް ޝަރީފް އަދި އާމިނަތު ހަފީޒާ އަށްވެސް ތާއީދު ކުރެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި މެސެޖު ނިންމަވާލައްވަމުން ރައީސް ނަޝީދު ވަނީ ކޮޅަމާފުށީގެ ހުރިހާ ރައްޔިތުންވެސް "ތިލަފަތަށް" ވޯޓު ދެއްވައި، އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްޑީޕީގެ މެންބަރުން ކައުންސިލްގައި ތިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު