އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް މިހާރުގެ މޭޔަރުގެ ދައުރުގައި ހައްލެއް ލިބެމުންދާކަން ފާހަގަކުރައްވައި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ފަލާޙް މޭޔަރު އާދަމް އާޒިމް އަށް ތައުރީފު ކުރައްވައިފިއެވެ.
ފަލާޙް ވިދާޅުވީ މީގެ ކުރިން މާލެއަށް ކުޑަވެސް ވާރޭކޮޅެއް ވެހިއްޖެނަމަ ކަކުލާ ހަމައަށް ފެންބޮޑުވެ، ގޭގެއަށް ފެންވަދެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް މިހާރުގެ މޭޔަރު މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެ ސަރަހައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި އަމިއްލައަށް ވާނެ ކަމެއް ނޫން ކަމަށާއި، މިއީ މޭޔަރު ނިކުމެވަޑައިގެން ކުރެއްވި އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން މޭޔަރުގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ނަމަވެސް މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ފާހަގަކުރައްވައި، ރައްޔިތުންނަށް އެ ތަކުލީފުން ސަލާމަތްކޮށްދެއްވީތީ ފަލާޙް ވަނީ މޭޔަރަށް ޝުކުރު އަދާކުރައްވައި ސެލިއުޓް ކުރައްވާފައެވެ.
މި ބައްދަލުވުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ގުޅުވައިގެން އެމްޑީޕީން ބޭއްވި ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ޖަލްސާގައި ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު