ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ އެއްވެސް ފިކުރެއް ނެތި، ލޯމަރާލާފައި ގޮސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތިލަފަތަށް ވޯޓު ދޭންޖެހޭ އިންތިޚާބެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމަކީ އެމްޑީޕީން މި ގައުމަށް ތަޢާރަފްކުރި ކަންކަން ކަމަށެވެ. އަދި އިންތިޒާމްވެގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރާއްޖެއަށް ގެނެސްދިން ބަދަލުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މިހާރު އިންތިޚާބު ކުރަން ތައްޔާރުވާ ކައުންސިލްތަކަކީ އެމްޑީޕީން މި ގައުމުގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އިތުރުކުރި މުހިންމު ފަށަލައެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުވަމުން ދިޔައިރު، ދައުލަތުގެ ސިފަތައް ބަޔާންކުރި މާއްދާގައި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމުން، އޭގެ މާނައަކީ ލާމަރުކަޒީ ނިޒާމެއް ނެތުން ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ރައްޔިތުންގެ އިޞްލާޙީ އޮއިވަރުގައި އެކަން ބަދަލުވެގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޤާނޫނުއަސާސީ އިޞްލާޙުކުރުމުގައި އެއިރު ގެންގުޅުނު ހިފެހެއްޓުންތައް ދޫވެގެންދިޔައީ ރައްޔިތުންގެ ބައިވެރިވުމާއެކު. އައްޑޫއަތޮޅުގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވައި، ކުޅުދުއްފުށީގެ މެންބަރު ޑރ. ޙުސައިން ރަޝީދު ތާއީދުކުރައްވައިގެން ޤާނޫނުއަސާސީގެ ނުވަވަނަ ބާބު ނުވަތަ ލާމަރުކަޒީ ބާބު ހިމެނުނީ. މިއީ އެހެން އެއްވެސް ބަޔަކު ކުރި ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ލާމަރުކަޒީ މުޅި ނިޒާމަކީ އެމްޑީޕީގެ މިލްކެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެހެން ބަޔަކަށް އެ ނިޒާމުގެ މިލްކުވެރިކަމަށް ދަޢުވާ ނުކުރެވޭނެ ކަމަށެވެ. އަދި އެހެން ޕާޓީތަކަށް މި ނިޒާމު ހިންގާނެ ގޮތެއް ނޭނގޭނެ ކަމަށާއި، އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ރައްޔިތުންނަށް ވާ ވަޢުދުތައް ފުއްދާނެ ގޮތް އެނގޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީން ކޮންމެ އިންތިޚާބަކަށް ނުކުންނަނީ ރައްޔިތުންގެ ގާތަށް ގޮސް، ދޮރުން ދޮރަށް ހިނގައި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިގެންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ސިޔާސަތުތަކާއި ޤާނޫނުތައް ބައްޓަންކުރަނީ އެ ވަޢުދުތައް ފުއްދުމަށްޓަކައި ކަމަށެވެ.
"ކައުންސިލް އިންތިޚާބެއްގައި ރައްޔިތުން ވޯޓުދޭނެ ގޮތާ ގުޅޭގޮތުން މާބޮޑު ވިސްނުމަކަށް ދާކަށް ނުޖެހޭ. އެއީ ލޯމަރާފަ ގޮސް ތިލަފަތަށް ވޯޓު ލެވެން އޮތް އިންތިޚާބެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު