ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހްސާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިހްސާން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ބޮޑުވެގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ފަހު، އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށް ސަރުކާރުން "މޮޅު ވާހަކަ" ދައްކަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތަށް ފަރުމާކޮށް، ފެށުމަށް ތައްޔާރުވެފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތައް ކުރިއަށް ނުގެންގޮސް ހިފަހައްޓަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ދިއްގަރާއި އެ ސަރަހައްދުގެ އެހެން ރަށްރަށުގެ ޒުވާނުންނާއި އާއިލާތަކަށް އެ މަޝްރޫއުތަކުން ލިބޭނެ ފައިދާ، މިހާރު ސަރުކާރުން ދޭން ބުނާ މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުވާނެ ކަމަށް އިހްސާން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިއީ "ރޮކެޓް ސައިންސް" އެއް ނޫން ކަމަށާއި، ނަމަވެސް އަމިއްލަ މަންފާ އިސްކޮށް، ރައްޔިތުންނަށް ލިބެން އޮތް ކުރިއެރުން އޮބަހައްޓައިގެން ތިބެ ދައްކާ ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް މިއަދު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު