ޤާނޫނުއަސާސީއަކީ ވެރިކަން ކުރަން ހުންނަ މީހަކަށް ފަސޭހަ ގޮތްތަކެއް ހޯދައިދޭން އޮންނަ ދުސްތޫރެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދޭން އޮތް އައްޑަނައެއް ކަމަށް ޤާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
"ޕިކަޕް ޖަލްސާ" އެއްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ، ޤާނޫނުއަސާސީއަކީ ކޮންމެ މީހަކު ބޭނުންހާ ގޮތަކަށް، އެމީހަކު ބޭނުންވާ ފަސޭހަ މަގަކަށް ބަދަލުކޮށް މަގުހަނިކޮށްލަން އޮތް އެއްޗެއް ނޫން ކަމަށެވެ.
ހިސާންގެ ވާހަކަފުޅުގައި ޤާނޫނުއަސާސީ ސިފަކުރެއްވީ ރައްޔިތުންގެ ބާރާއި މުތުލަޤު ބާރުވެރިކަމަކާ ދެމެދު ރޭނިފައިވާ ވަރުގަދަ ފާރެއްގެ ގޮތުގައެވެ.
އަދި އެ ފާރަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ރާނާފައިވާ ފާރެއްކަން ފާހަގަކުރައްވައި، އޭގެ އެންމެ ގާގަނޑެއްވެސް ތަޅާލުމުގެ ފުރުޞަތު ސަރުކާރަށް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީއަކީ ވެރިކަންކުރާ ފަރާތުގެ ފަސޭހަޔާ، ނަފާޔާ، ލާބަޔަށް އޮންނަ އެއްޗެއް ނޫން ކަމަށްވެސް ހިސާން ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސިއްރުސިއްރުންނާއި އަވަސް އަރުވާލައިގެން ބާރުތައް އެއްކޮށް، މުތުލަޤު ވެރިކަމަކަށް ނިޒާމު ބައްޓަންކުރުމަށް ކަމަށް ހިސާން ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު