ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މާދަމާ ފުވައްމުލައް ސިޓީއަށާއި ތިނަދޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމެވެ. ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންވެސް މި ދަތުރުފުޅުގައި
ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޒިޔާރަތުގައި ދެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ޕާޓީގެ ސިޔާސަތުތަކާއި ކެންޑިޑޭޓުންގެ ތަޞައްވުރު ހާމަކުރެއްވުމަށް ވަނީ ރޭވިފައެވެ.
އެމްޑީޕީން މިހާރު ދަނީ ކައުންސިލް އިންތިޚާބުގެ ފޯރިގަދަ ކެމްޕޭން ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންނެވެ. އެގޮތުން ރަށްރަށަށް ޒިޔާރަތްކުރުމާއި، ކެމްޕޭން ޖަގަހަތައް ހުޅުވުމުގެ އިތުރުން ރައްޔިތުންނާ ގާތުން ބައްދަލުކޮށް ތާއީދު އިތުރުކުރުމުގެ މަސައްކަތް އެ ޕާޓީން އަންނަނީ ބާރުގަދަ ދުވެއްޔެއްގައި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު