ސްރީލަންކާއަށް ބޭނުންވާ ތެލާއި އެހެނިހެން ޒަރޫރީ މުދާ ފޯރުކޮށްދިނުމަށް އީރާނުން ތައްޔާރަށް އޮތްކަމަށް، ސްރީލަންކާގައި ހުންނަވާ އީރާނުގެ ސަފީރު އަލީރޭޒާ ދެލްޚޯޝް ވިދާޅުވެއްޖެއެވެ. ސަފީރު މިކަން ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހު ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ސްރީލަންކާއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ސަފީރު ވިދާޅުވީ ސްރީލަންކާއަކީ އީރާނުގެ ގާތް ރަހުމަތްތެރި ގައުމެއް ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިއަކީ ރަހުމަތްތެރި ގައުމުތަކުގެ އުޅަނދު ފަހަރަށް ބަންދު ތަނެއް ނޫން ކަމަށާއި، ސްރީލަންކާއިން އެދިއްޖެ ނަމަ ކޮންމެ ވަގުތަކުވެސް ތެލާއި، އެހެނިހެން ތަކެތިވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ މިދިޔަ މާރިޗު މަހުގެ 4 ވަނަ ދުވަހު ހިނގި ހާދިސާއެއްގައި ހާލުގައި ޖެހުނު އީރާނުގެ ސިފައިންނަށް ސްރީލަންކާއިން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައެވެ. އެގޮތުން އެމެރިކާގެ ސަބްމެރިން ހަމަލާއެއްގައި ހަލާކުވި އީރާނުގެ މަނަވަރު 'އައިރިސް ދޭނާ' އިން ސަލާމަތްވި 32 މީހުންނަށާއި، އިންޖީނު ހުއްޓުނު 'އައިރިސް ބުޝެހްރު' ގައި ތިބި 208 މީހުންނަށް ސްރީލަންކާއިން ދިން މެހުމާންދާރީ އީރާނުން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްރީލަންކާގެ އިގްތިސާދީ ހާލަތު މިހާރު އޮތީ ނާޒުކު ފައްތަރެއްގައެވެ. ތެލުގެ އަގު އުފުލި، ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އެކަނިވެސް ދެ ފަހަރެއްގެ މަތިން ތެލުގެ އަގު 25 އިންސައްތަ އަށް ބޮޑުކޮށްފައެވެ. ގައުމުގެ ތެލުގެ ރިޒާވްގައި ހުރީ އެންމެ ހަ ހަފުތާއަށް ބޭނުންވާ ތެޔޮ ކަމަށްވާތީ، ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ސަރުކާރު މުވައްޒަފުން ހަފުތާއަކު 4 ދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުމާއި، ކޮންމެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަނޑުލުގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު ދަނޑުވެރިން ދެމުންދާއިރު، ސަރުކާރުން ދަނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް މަހަކު 20 ބިލިއަން ރުޕީސްގެ ސަބްސިޑީއެއް ދެމުންނެވެ. ހާލަތު ގޯސްވަމުންދާތީ، ސްރީލަންކާގެ ރައީސް ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް (ވޯކް ފްރޮމް ހޯމް) ބާރުއަޅުއްވައި، ހަރަދު ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް އިއުލާނު ކުރައްވާފައެވެ.

“If Sri Lanka demands oil or any other necessity goods,
— Times of Iran News (@Timesofiraan) March 23, 2026
Iran will supply and provide them to Sri Lanka” - Ambassador... pic.twitter.com/yvpHcvsJwa
ސްރީލަންކާގެ އިގްތިސާދީ ހާލަތު މިހާރު އޮތީ ނާޒުކު ފައްތަރެއްގައެވެ. ތެލުގެ އަގު އުފުލި، ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން ސަރުކާރުން ވަނީ މިދިޔަ ހަފުތާގައި އެކަނިވެސް ދެ ފަހަރެއްގެ މަތިން ތެލުގެ އަގު 25 އިންސައްތަ އަށް ބޮޑުކޮށްފައެވެ. ގައުމުގެ ތެލުގެ ރިޒާވްގައި ހުރީ އެންމެ ހަ ހަފުތާއަށް ބޭނުންވާ ތެޔޮ ކަމަށްވާތީ، ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ސަރުކާރު މުވައްޒަފުން ހަފުތާއަކު 4 ދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުމާއި، ކޮންމެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ އަގުތައް ބޮޑުވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ދަނޑުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ހަނޑުލުގެ އަގު އުފުލިދާނެ ކަމުގެ އިންޒާރު ދަނޑުވެރިން ދެމުންދާއިރު، ސަރުކާރުން ދަނީ ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް މަހަކު 20 ބިލިއަން ރުޕީސްގެ ސަބްސިޑީއެއް ދެމުންނެވެ. ހާލަތު ގޯސްވަމުންދާތީ، ސްރީލަންކާގެ ރައީސް ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރުމަށް (ވޯކް ފްރޮމް ހޯމް) ބާރުއަޅުއްވައި، ހަރަދު ކުޑަކުރުމުގެ ހާއްސަ ފިޔަވަޅުތަކެއް އިއުލާނު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު