އެމްޑީޕީގެ އިސް ސަފުގައި މިހާރު ތިބީ އެ ޕާޓީގެ އަސްލު ފިކުރާ ގުޅުމެއް ނެތް، "ދަލު ބޭރުން" ޖެހިގެން އުޅޭ ބައެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެ ޕާޓީގެ އިސް ސަފުގައި ކުރިން އުޅުއްވި ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އާދަމް މަނިކު މިއަދު ވިދާޅުވީ، އެމްޑީޕީއަކީ މިހާރު ކުރީގެ އެމްޑީޕީ ނޫން ކަމަށެވެ. އަދި ކުރީގެ ޑީއާރުޕީ އަށް ނިސްބަތް ނުވާ ބޭފުޅަކު މިހާރު އެމްޑީޕީގެ އިސް ސަފުގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިއަދު އެ ތިބީ." އާދަމް މަނިކު ވިދާޅުވިއެވެ.
ހަމައެއާއެކު އާދަމް މަނިކު ވިދާޅުވީ އެމްޑީޕީ އެއްޗަކަށް ހަދައިގެން، ފުރަތަމަ ދައުރުގައި ވެރިކަން ކޮށްގެން އެ ހުރިހާ ގުރުބާނީއެއްވި މީހުންގެ މަތިން މިހާރު ތިބި ބޭފުޅުން ހަނދާނެއް ނެތް ކަމަށެވެ. އަދި އެމްޑީޕީއަށް މިހާރު އޭނާގެ ބަސް ކަމަކު ނުދާނެ ކަމަށް ވެސް ސަރަނގު ވިދާޅުވިއެވެ.
އެމްޑީޕީގެ ބާނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި، އެ މަނިކުފާނު ވެސް މިހާރު ހުންނެވީ އެ ޕާޓީން ބޭރުކޮށްލާފައި ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީއިން މުޅިން ވަކިވީ ނޫން ކަމަށާއި، އެމްޑީޕީ އަސްލު އެމްޑީޕީއަކަށް ހެދުނު ދުވަހަކުން އަނެއްކާވެސް އެ ޕާޓީގެ ސަފުން ފެނިގެންދާނެ ކަމަށެވެ.
މިހާރުގެ ސަރުކާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ވަރަށް އިތުބާރު ކުރަށްވާ ބޭފުޅެއް ކަމަށެވެ. މި ވެރިކަމުގެ މިވީ މުއްދަތުގެ ތެރޭގައި ރައީސް މުއިއްޒު ގޯސްކޮށް ކުރެއްވި ކަމެއް ފެނިވަޑައެއް ނުގަންނަވާ ކަމަށާއި، ކުރީ ސަރުކާރުގައި ކޮވިޑްގެ ދުވަސްވަރު ފައިސާ ގެއްލިގެން އުޅުނު ފަދަ ކަމެއްވެސް މި ސަރުކާރުން ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ސޯލިހުގެ ވެރިކަން ނިންމާލިއިރު އޮތީ ފައިކޭޓުގައި ލޯވަޅު އެޅިފައި. ދައުލަތަށް ލިބޭ ފައިސާތައް ދަނީ އެކަންކަން ފޫބައްދަން." އާދަމް މަނިކު ވިދާޅުވިއެވެ.
ވިޔަފާރިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކަމަކަށް ހުއްދައަށް އެދި ސަރުކާރަށް ހުށަހަޅައިގެން ދެ އަތް އުރާލައިގެން އެތައް ދުވަހަކު ތިބެންޖެހޭ ކަމަށާއި، މިހާރަށް ވުރެ ބޮޑަށް ސަރުކާރު ހިންގުން ހަރުދަނާ (އެފިޝަންޓް) ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، މި ވެރިކަމުގައި އަދި ހިތްހަމަނުޖެހޭ ހިސާބަށް ކަންކަން ގޮސްފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު