އީރާނުން އަވަށްޓެރި ގައުމުތަކާއި އިސްލާމީ ގައުމުތަކާއެކު އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ބޭނުންނުވާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ޕެޒެޝްކިއަން ވިދާޅުވީ އެ ގައުމުތަކަކީ އީރާނުގެ އަޚުން ކަމަށާއި، އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގެ ފައިދާ ލިބޭނެ ހަމައެކަނި ފަރާތަކީ އިޒްރޭލު ކަމަށެވެ.

އީދުލްފިތުރުގެ މުނާސަބަތުގައި އެކްސް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ރައީސް ޕެޒެޝްކިއަން ވަނީ ކީރިތި ރަސޫލާގެ އުނގަންނައިދެއްވުންތަކުގައި ހިފަހައްޓައިގެން އިސްލާމީ އުންމަތަށް ވަރުގަދަކަމާއި އެއްބައިވަންތަކަން ލިބުމަށް އެދި ދުއާކުރައްވާފައެވެ.

މި މެސެޖު ދެއްވާފައިވަނީ އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުންވެސް އިޒްރޭލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދެމުންދާ ނުތަނަވަސް ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު