އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައި، އީރާން މުޅިން "ފުނޑުފުނޑު" ކޮށްލަންޖެހޭ ކަމަށް އިޒްރޭލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވީރު ބުނެފިއެވެ.
އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ރޭގެ ވަގުތެއްގައި ވަނީ އިސްރާއީލްގެ ނިއުކްލިއާ މަރުކަޒެއް ހުންނަ ދީމޫނާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މިހަމަލާތަކުގައި އިސްރާއިލްގެ ދެ އަވަށަކުން 100 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އިޒްރޭލުގެ ކުއްލި އެހީއާ ބެހޭ އިދާރާ، މެގެން ޑޭވިޑް އަޑޮމް (އެމްޑީއޭ)ގެ އިން ބުނީ މި ހަމަލާތަކުގައި އަރާދު އަވަށުން 84 މީހަކު ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. މީގެ އިތުރުން ދީމޫނާ އަވަށުން 33 މީހަކު ވަނީ ޒަހަމްވެފަ އެވެ. މިއީ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސްވީ ހަމަލާތަށް ފެށިފަހުން އީރާނުން އިސްރާއިލަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.
އީރާނުން އިޒްރޭލުގެ އަރާދު ސަރަހައްދަށް ދިން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތެއްގައި ބެން ގްވީރު ބުނީ، އިޒްރޭލު މިހާރު އޮތީ ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި، މި ކުރިމަތިލުން ކާމިޔާބު ކުރެވޭނީ ދުޝްމަނުންނަށް މެދުކެނޑުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދީގެން ކަމަށެވެ.
މީގެއިތުރުން، އިޒްރޭލުގެ ރައްޔިތުންނަކީ ސާބިތުކަމާއެކު ތިބި ބައެއް ކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންގެ ހިމާޔަތުގައި ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި، ބެން ގްވީރުގެ މި ހަރުކަށި ބަސްމަގަކީ ހަނގުރާމައިގެ ހުޅުގަނޑު އިތުރަށް ފުޅާކޮށް، އަސްކަރީ ގޮތުން ނުރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް އިޒްރޭލު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ އަމަލެކެވެ. އީރާނާއި އިޒްރޭލުގެ މި ކުރިމަތިލުންތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު