އިލެކްޝަންސް ކޮމިޝަނުން އެ ކޮމިޝަނުގެ ޤާނޫނަށްވުރެ ބޮޑަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ޤަރާރަށް އިސްކަންދޭކަމަށް ބުނެ އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ތަރުޖަމާނު ޢަބްދުﷲ ވަހީދު ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޑީޕީން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ކޮމިޝަނުން އިހުމާލުވަމުންދާ ކަމުގެ ތުހުމަތުވެސް އޭނާ ކުރެއްވިއެވެ.
ވަހީދު އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި އިންތިޚާބާ ބެހޭ ޢާންމު ޤާނޫނުގެ ދަށުން އެ ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާތަކެއް އޮތް ނަމަވެސް، މިއަދު ފެންނަނީ އެ ޤާނޫނުތަކަށްވުރެ ބޮޑަށް ރައީސްގެ ސިޓީއަކަށް ނުވަތަ އިރުޝާދުތަކަށް ކޮމިޝަނުން ބޯލަނބާ މަންޒަރު ކަމަށެވެ.
އެގޮތުން، ރައީސްގެ ސިޓީގައި އޮތީ ހަމައެކަނި ރައްޔިތުންގެ ކައިރީގައި "އާނއެކޭ" ނުވަތަ "ނޫނެކޭ" ބުނަން އަހާލުމަށް ކަމަށް ބުނެ، ކޮމިޝަނުން އެމީހުންގެ އަސްލު މަސްއޫލިއްޔަތުން ބޭރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދައުލަތުގެ މީޑިއާ ހިމެނޭހެން ހުރިހާ މުއައްސަސާތަކެއް މިއަދު އޮތީ ސަރުކާރުގެ "ހިސޯރުގެ" ދަށުގައި ކަމަށް ވަހީދު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙުގައި، ޚާއްޞަކޮށް މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައިވެސް، ސަރުކާރުގެ މުޅި ފޯކަސް ހުރީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ކަންކަން ރޭވިފައި ހުރި ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު