މީގެ އަހަރުތަކެއް ކުރިން، ދިވެހިރާއްޖޭގައި މީހަކު ޕީއެޗްޑީ ނަގާފާނެ ކަމަށް ނުވަތަ ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންޖިނިއަރިންގ ދާއިރާއިން ދިވެއްސަކު ޕީއެޗްޑީ ހާސިލް ކޮށްފާނެ ކަމަށް ހީކުރާނީ ކާކުހެއްޔެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ އެކަން ކުރެވި، އެކަން އާންމުވެ، މެދުކެނޑުމެއްނެތި ކުރިޔަށްދާ ތަނެވެ. ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުންގެ އަދަދު ދެއަކުރުން ފެށިގެން ތިން އަކުރަށް، އަދި ހަތަރު އަކުރަށް މިއަދު މިވަނީ ހުރަސްކޮށްފައެވެ. މިއަދު ދުނިޔޭގެ ބޮޑެތި ޖަޔަންޓް ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓާއި ގޫގުލް ފަދަ ތަންތަނުގައި މި ޤައުމުގެ ދަރިން އެބަ މަސައްކަތް ކުރެއެވެ. އެކުދިންގެ މައިންބަފައިން އެކަމާ ފަޚުރުވެރިވާނެ މިންވަރު އަންދާޒާ ކޮށްލުމަކީވެސް ދަތިކަމެކެވެ. މިއިން އެނގިގެންދަނީ އަޅުގަނޑުމެންގެ ދަރިންގެ ކިބައިގައި ހުރި ޤާބިލްކަމާއި ކުޅަދާނަކަމެވެ.
އަޅުގަނޑުމެން މިހާރު މި އުޅެނީ "އައިސް އޭޖް" އެއްގައެއް ނޫނެވެ. ދުނިޔެ ބަދަލުވެއްޖެއެވެ. ދިވެހިންގެ ވިސްނުންވެސް ބަދަލުވެއްޖެއެވެ. ކުޑަކުދިންގެ ތަރުބިއްޔަތަކީ ހަމައެކަނި ގަވާއިދުތަކާއި ޑިސިޕްލިންގެ ތެރޭގައި އެކުދިން ހިފެހެއްޓުމެއް ނޫނެވެ. ޅައުމުރަކީ ކުދިންގެ ސިކުނޑި ބޮޑުވެ، ކަންކަމާ ސުވާލު އުފައްދައި، އަމިއްލައަށް ވިސްނަން ފަށާ މަރުހަލާއެވެ. އެއީ އާ ކަންކަން ހޯދައި ބަލައި، "އެކްސްޕްލޯރ" ކުރަންވީ ވަގުތެވެ. އެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މީގެ މާނައަކީ ކުޑަކުދިން ކުށެއް ނުވަތަ ގޯސް ކަމެއް ކޮށްފިނަމަ އަޅާނުލާ ދޫކޮށްލުމެއް ނޫނެވެ. ކުއްޖަކު ކުށެއް ކޮށްފިނަމަ އެކަން ރަނގަޅަށް ބެލެންޖެހޭނެއެވެ. އެކަމަކު ކުއްޖަކު އަމިއްލަ ބައިސިކަލަކަށް ބަދަލު ގެނެސްގެން ނުވަތަ ކަމެއް ހިނގާ ގޮތް ތަޖުރިބާ ކޮށްލައިގެން، އެއީ ބޮޑު ކުށަކަށް ވެގެންދާ ގޮތެއް ރައްޔިތުންނަށް އެނގެންޖެހެއެވެ. އެފަދަ ކަންކަމާ ގުޅިގެން ކުދިންގެ ކުރިމަތީގައި އުޅަނދުތައް ޓޯކޮށްލައި، އެވަރުގެ ބޮޑު ފިޔަވަޅު އަޅަންޖެހޭތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.
މި ރާއްޖޭގައި ވެހިކަލެއްގައި ހުދު ލެޑް ބޮތްކެއް ހަރުކުރިޔަސް، މާ އަލިގަދައޭ ބުނެ ފުލުހުން އުޅަނދު ޓޯކުރެއެވެ. ނަމަވެސް ގަވާއިދުގައި އޮންނަނީ ހުދު އައްޔެއް ދިއްލުމަށެވެ. 90 ހާސް ރުފިޔާ ދީފައި ގަންނަ ސައިކަލުގައި އަމިއްލަ އުފަލަށް ލެޑް ބޮއްކެއް ޖަހާލައި، އުޅަނދު ރީތިކޮށްލުމުގެ ބާރުވެސް މިއަދު ރައްޔިތަކަށް ނެތެވެ. ރައްޔިތުންގެ އަތުން ފައިސާ އަތުލުމުގެ ކުރިން، މިފަދަ ގަވާއިދުތައް އިސްލާހުކުރަން އެބަޖެހެއެވެ. ދަތުރުފަތުރުގެ ގަވާއިދުތަކުގައި މިފަދަ ކަންކަމަކީ ބޮޑެތި ކުށްތަކެއް ކަމަށް ބަލާނަމަ، އެ ގަވާއިދުތައް މުރާޖައާ ކުރުން ބުއްދިވެރިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވެހިކަލް ގާނޫނުތައް އޮވެއެވެ. ނަމަވެސް މި ގައުމުގައި ރައްޔިތުން ތިބީ ގަވާއިދުތަކުގެ ކަސްތޮޅު އެޅިފައެވެ.
މިދިޔަ އަހަރު އަޅުގަނޑުމެން އަޑުއެހީ ރަށެއްގެ ކުއްޖަކު ކުޑަ އިންޖީނެއް ބޭނުންކޮށްގެން ކާރެއް ހަދައިގެން ދުއްވި ވާހަކައެވެ. އެ ވާހަކަ ވަރަށް އަވަހަށް ވައިރަލްވެ، މީހުން އެކަމާ ފަޚުރުވެރިވިއެވެ. އެއީ ހުނަރާއި އުފެއްދުންތެރިކަމުގެ މިސާލެއްގެ ގޮތުގައި އެންމެން ބަލައިގަތެވެ. އެފަހަރު އެކަން މައްސަލައަކަށް ނުވީ، ފުލުހުންނަށް ފެނުމުގެ ކުރިން އެ ވީޑިއޯ އާންމުންގެ ތެރޭގައި މަގުބޫލުވީމާ ކަމަށް ވެދާނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މި އަޑުއަހަނީ ކުދިންތަކެއް ބައިސިކަލަށް ބަދަލު ގެނައުމުން އެ އުޅަނދުތައް ގެންދިޔަ ވާހަކައެވެ. ކޮންމެ ކުއްޖަކަށްވެސް އައު ކަންކަން ހޯދައި، ބިނާކޮށް، އުނގެނުމުގެ ފުރުސަތު ހައްގުވެގެންވެއެވެ. މިއީ މިނިވަން ގައުމެކެވެ. ކުދިންނަށް ވިސްނުމާއި އުފެއްދުމުގެ މިނިވަންކަން ދޭންޖެހެއެވެ. ކަމެއް ރައްކާތެރި ނޫންނަމަ، ބާރު ދެއްކުމުގެ ބަދަލުގައި އެކުދިންނަށް މަގުދައްކައިދީ، ވިސްނައިދޭން ޖެހެއެވެ. ދެރައީ، ހަގީގަތުގައި ބާރު ދައްކަންޖެހޭ ބޮޑެތި ކަންކަމުގައި ބާރު ނުދެއްކިފައި އޮންނާތީއެވެ.
މުސްތަޤުބަލަކީ ލަފާކުރަން ދަތި އެއްޗެކެވެ. މިއަދު ސައިކަލެއްގެ އިންޖީނާ ކުޅެން އިންނަ ކުއްޖާއަކީ މާދަމާގެ މޮޅު އިންޖީނިއަރަކަށް، ސައިންސްވެރިއަކަށް ނުވަތަ އެސްޓްރޮނޯޓަކަށް ވެދާނެއެވެ. ނުވިތާކަށް، މި ގައުމުގެ ރައީސްކަންވެސް އެކުއްޖާ ކޮށްފާނެއެވެ. ތާއަބަދު އެއްބަޔަކު ބާރުގައި ތިބޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން އުނގެނުމަށް އޮންނަ އޮތުމަކީ ބޮޑު ހިކުމަތެއް އޮތް ކަމެކެވެ. އަޅުގަނޑުމެންގެ މަގްސަދަކަށް ވާންޖެހޭނީ މިއަދުގެ ކުޑަކުދިންގެ ޝައުގުވެރިކަމާއި އުފެއްދުންތެރިކަން ކުރިއެރުވުމެވެ. އެކުދިންގެ މުސްތަޤުބަލް ފަނޑުކޮށްލާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އެހެންވީމާ، ހަގީގަތުގައި ބަދަލުވާންވީ ކޮންކަމެއް ހެއްޔެވެ؟ ކުދިންގެ އުފެއްދުންތެރިކަން ހުއްޓުވުމަކީ ގައުމުގެ ކުރިމަގު ބަންދުކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު