ޓިކްޓޮކްގައި އެކައުންޓެއް ހަދައިގެން، ސްކޫލް ދަރިވަރަކަށް އަމާޒުކޮށް ވަރަށް ބޮޑަށް ބުލީކޮށް ފުރައްސާރަކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް ވެގެން، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް އަމާޒުކޮށް ހަދާފައިވާ ޓިކްޓޮކް އެކައުންޓެއް މެދުވެރިކޮށް، އެ ކުއްޖާގެ ޒާތީ ސިފައަށް ބަދުބަސް ބުނެ ވަނީ ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައެވެ. މީގެއިތުރުން، އެ ކުއްޖާގެ ރުހުމަކާ ނުލައި ފޮޓޯ އާންމުކުރުމާއި، އެކި ކަހަލަ އިންޒާރުތައް ދީ، ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ ދަށު ދަރަޖައިގެ ވާހަކަތައް އެ އެކައުންޓުގައި ވަނީ ލިޔެ ޝާއިއުކޮށްފައެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަރީއާއިން ކުޑަކުދިންނަށް ކުރާ މިފަދަ "ސައިބާ ބުލީއިން" ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރާ ފުރައްސާރައިގެ އަމަލުތައް އިތުރުވަމުންދާތީ، މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ހާއްސަކޮށް ދަރިވަރުންގެ އުޅުމާއި އަހުލާގަށް އަންނަ ބަދަލުތައް ދެނެގަނެ، އެކުދިން އިންޓަނެޓާއި ސްމާޓްފޯނު ފަދަ ވަސީލަތްތައް ބޭނުންކުރާ ގޮތް ގާތުން ބަލައި ފާރަވެރިވުމަކީ ދަރިން މިފަދަ ނުރައްކާތަކުން ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު