ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއް
ޖިންސީ ގޯނާގެޝިކާރައަށްވާ ކުދިންގެ ޒާތީ މައުލޫމާތު ހާމަނުކުރަން ހެލްތު، ފެމެލީ އަދި ވެލްފެއާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ ހިލާފަށް ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އެކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓްރީން ބުނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުދިންނަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ކާކުކަން އެނގޭ ގޮތަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އެއްވެސް މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިއުކޮށްގެން ނުވާނެކަމަށް ބުނެފައިވަނީ އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.

ޒާތީ މައުލޫމާތުތަކުގެ ތެރޭގައި ކުދިންގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަންތަންވެސް ހިމެނެއެވެ.

އެހެންކަމުން ކުއްޖަކަށް ދިމާވާ އެއްވެސް ކަމަކާ ގުޅިގެން ކުއްޖެއްގެ މައުލޫމާތު އާންމުން ކަންކަމާއި މެދުގައި ދެކޭގޮތަށް ނުފޫޒުފޯރުވުމުގެ މަގުސަދުގައި ނުވަތަ އެނޫންވެސް ބޭނުމެއްގައި މީޑިއާގެ އެކި މަންސަތަކުގައި އެކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެހެން މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖެއްގެ ހައްގަށް އަރައިގަތުމުގެ އަމަލެއްކަމަށް މިނިސްްޓްރީން ބުންޏެވެ.

ޙައްޤުތައް ރައްކާތެރިކުރުމަކީ، މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއެއްކަމުގައިވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އަންގަމެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ، މުޅި މުޖުތަމައުގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއްކަމުގައިވާތީ، މިފަދަ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކުން އާންމު ނުކުރަން މިނިސްޓްރީން އިލްތިމާސްކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް