ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ބަދަލުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ފުރުސަތު ފަހިކޮށްދެމުންދާތީ އެމްޑީޕީން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭނުންވާ ތަކެތި ދެމުމަށާއި ހަރުކުރުމަށް ތަކުރާރުކޮށް އެޗްޑީސީގައި އެދުމުންވެސް، މިއަދާ ހަމައަށް އެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް އެދި އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަރާތުން ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަންވެސް އެ ޕާޓީން ފާހަގަ ކޮށްފައިވެއެވެ.
އެމްޑީޕީން ވަނީ، ހުޅުމާލޭގައި ޕޯސްޓަރު ހަރުކުރުމަށާއި ބެނާ ދެމުމަށް އެ ޕާޓީގެ ކެންޑިޑޭޓުންނަށް ހުއްދަ ދީފައި ނުވި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތައް ސަރުކާރު ކުންފުނިތަކުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ބަހައްޓާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
އަދި ކެމްޕޭން ކުރުމުގެ ހުއްދައަށް އެދި ތަކުރާރުކޮށް އެދުމުންވެސް ޖަވާބެއް ލިބިފައި ނުވާތީ، އެހެން އިންތިހާބުތަކުގައިވެސް ކެންޑިޑޭޓުން އަމަލުކުރާ އުސޫލުން އެމްޑީޕީގެ ބައެއް ބެނާތަކާއި ޕޯސްޓަރުތައް ހުޅުމާލޭގައި ބެހެއްޓި ކަމަށް އެ ޕާޓީން ބުނެއެވެ. ނަމަވެސް، އެޗްޑީސީގެ މުވައްޒަފުން ބޭނުންކޮށްގެން އެ ތަކެތި ނަގައި، ބައެއް ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެޗްޑީސީގެ މި އަމަލުތަކަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސްއެޅުމަށާއި، އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސްއެޅުމަށް ސަރުކާރު އަޑީގައި އޮވެ ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
"އެއްވެސް މީހަކު ތަފާތު ނުކުރުމަށާއި ހަމަހަމަކޮށް ހުރިހާ އެންމެނާ މެދުވެސް އަމަލުކުރުމަށް ގާނޫނު އަސާސީއާއި އިންތިހާބުތަކާ ބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މަފުހޫމުތަކާއި ސީދާ ދެކޮޅަށް ސަރުކާރު އަޑީގައި އޮވެ ހިންގަމުންދާ މިފަދަ ނާތަހުޒީބު އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން." އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު