ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ވަކިން ފޯމު ހުށަހެޅޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އަލަށް އެކުލަވައިލި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ. މި ފޯމުތައް ހުށަހަޅަން ޖެހޭނީ ބޯހިޔާވަހިކަމަށް ހާއްސަކޮށްފައިވާ ސަރުކާރުގެ ޕޯޓަލް މެދުވެރިކޮށެވެ.
މީގެ ކުރިން އާންމުކޮށްފައިވާ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކި ކެޓެގަރީއެއް ކަނޑައަޅާފައި އޮތް ނަމަވެސް، އޭރު އޮތް ގޮތުން އެފަދަ ފަރާތްތަކުން ޖެހެނީ އާންމު ފޯމުގައި ނުކުޅެދުންތެރިކަން ހުންނަ ބައިގައި ފާހަގަޖަހާށެވެ. ނަމަވެސް އެ އުސޫލަށް ބަދަލު ގެނެސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިގޮތުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ މާލޭގައި ދިރިއުޅުނު މުއްދަތަށް ގެނައި ލުޔެވެ. ބޯހިޔާވަހިކަމަށް އެދޭ އާންމު ފަރާތްތަކަށް މާލެ ސަރަހައްދުގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުމުގެ ޝަރުތު ކަނޑައަޅާފައި އޮތް ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މުއްދަތު ވަނީ ބޮޑުތަނުން ކުރުކޮށްފައެވެ.
ހައުސިން މިނިސްޓްރީން ބުނީ މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި މަޝްރޫއުގެ ދަށުން ފުލެޓަށް ހުށަހެޅޭނެ ކަމަށެވެ. މީގެ އިތުރުން، އެ މީހެއްގެ ނުކުޅެދުންތެރިކަމަށް މާލެއިން ފަރުވާ ނުވަތަ ޚިދުމަތް ހޯދަން ދަތުރުކުރަން ޖެހުމާއި، އެފަދަ ޚިދުމަތްތައް ހޯދުމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކަށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު މި އުސޫލުގެ ދަށުން މިހާރު ވަނީ ފަހިކޮށްދީފައެވެ.
މި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފުލެޓާއި، 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު