ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައެއްގައި ނިޔާ ކަނޑައެޅުމަށްޓަކައި، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރެއް ކޮށްފައިވާ ކަމަށެވެ. އެ އަމުރާ ގުޅިގެން ފުލުހުން ހޯދަމުންދަނީ މއ. ރޭޓް، މާލެ، ޢަބްދުﷲ ވިޝާމް އަޙްމަދު (32އ) އެވެ.
ފުލުހުން ބުނީ، ޢަބްދުﷲ ވިޝާމް އަޙްމަދު ހޯދަމުން ދަނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައިގެ ހުކުމް އިއްވުމަށް ނުވަތަ ނިޔާ ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރުމަށެވެ.
މީގެ ކުރިން އޭނާ ކޯޓަށް ހާޒިރުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 11:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.
އެހެންކަމުން، ޢަބްދުﷲ ވިޝާމް އަޙްމަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު