ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރު ބާތިލްކުރުމަށް އެމްޑީޕީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ ގަރާރުގެ ދަށުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ އެވެ.
އެމްޑީޕީން ބުނާ ގޮތުގައި މި ގަރާރު ނެރުއްވާފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނަށް ގެނައި ބަދަލުތަކާ ޚިލާފަށެވެ.
ޖުޑީޝަލް ރިވިއުއެއްގެ ގޮތުގައި ހުށަހެޅި މި މައްސަލައިގައި އެމްޑީޕީން ވަނީ ހަ ކަމެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން ކެމްޕެއިން ކުރުމުގެ ހައްގު ހަނިވުމާއި، ވޯޓު ދިނުމުގެ ހައްގަށް އުނިކަން އައުމުގެ އިތުރުން، ވޯޓާ ގުޅޭ ތަފްސީލީ މައުލޫމާތު ކަރުދާހެއް ގަރާރާއެކު ހިމަނާފައި ނުވުން ހިމެނެ އެވެ. ވަގުތީ އަމުރަކަށް އެދުނީ، ކޯޓުން މައްސަލަ ނިމޭއިރު އިއާދަނުކުރެވޭ ފަދަ މާލީ އަދި ސިޔާސީ ގެއްލުންތަކެއް ލިބިދާނެތީ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ފާސްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އޭޕްރީލް މަހުގެ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ވޯޓު ނަގަން ނިންމާފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ އެވެ. ނަމަވެސް އެމްޑީޕީން ވަނީ މިކަން ހުއްޓުވުމަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގަން ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު