މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިން، ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާ ހަވާލާދީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނު ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކުގެ ބިރުވެރި ތަފްސީލުތަކެއް ހާމަކޮށްފިއެވެ.
ކޯބިން ހިއްސާކުރި މި މައުލޫމާތުގައިވަނީ، އިޒްރޭލުން ގިނަ އަދަދެއްގެ ފޮށިތަކެއް އެ ހޮސްޕިޓަލާ ހަވާލުކޮށްފައިވާ ކަމަށާއި، އެ ފޮށިތަކުގައި ހުރީ އިސްތިއުމާރީ ސިފައިން މަރާލާފައިވާ ފަލަސްތީނު މީހުންގެ ބޯތަކާއި ކުދިކުދިކޮށް ކޮށާލާފައިވާ ހަށިގަނޑުގެ ބައިތައް ކަމަށެވެ.
މި ހިތާމަވެރި ހާދިސާ ކިޔައިދެމުން ކޯބިން ފާހަގަކުރެއްވި ގޮތުގައި، މިފަދަ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެކެވެ.
އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރާ ހަވާލާދީ އޭނާ ވިދާޅުވީ، އިޒްރޭލުން ހަވާލުކުރި އެތައް ދަހި ފޮށިތަކެއްގައި ހުރި އިންސާނީ ހަށިގަނޑުގެ ބައިތަކަކީ ކޮން ބައެއްކަން ދެނެގަނެވޭ ވަރަށްވުރެ ބޮޑަށް މުތުލަގުކޮށް ހަލާކުކޮށްލާފައިވާ ތަކެތި ކަމަށެވެ.
މިއީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ނުރައްކާތެރި މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ބާރުތަކުން އެކަށީގެންވާ ފިޔަވަޅެއް ނާޅާތީ ކޯބިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިފަދަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދޭހަވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އެއްވެސް އިހުތިރާމެއް ނުކުރާ މިންވަރު ކަމަށެވެ. މި ހަބަރާއެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން އަނެއްކާވެސް ވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު