ސައިންސްވެރިއަކު ސުވަރުގެ ހުރި ތަނާއި އޭގެ ތަފްސީލް ހާމަކޮށްފި ކަމަށް ބުނާ ޚަބަރެއް ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ވިއޯން ނިއުސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ފިޒިކްސްގެ ދާއިރާއިން ފާހަގަކޮށްލެވޭ މި ސައިންސްވެރިޔާ ދައުވާކުރާ ގޮތުގައި ސުވަރުގެއަކީ ހަމައެކަނި ރޫހާނީ ތަނެއް ނޫނެވެ.
އޭގެ ބަދަލުގައި، އެއީ މި ފިޒިކަލް ކާއިނާތުގެ ތެރޭގައި ހަގީގަތުގައިވެސް ވުޖޫދުގައިވާ ތަނެއް ކަމަށް އޭނާ ބުނެއެވެ.
މި ސައިންސްވެރިޔާގެ ހޯދުންތަކަށް ބިނާކޮށް އޭނާ ވަނީ ސުވަރުގެ ހުރި ކަމަށް ބުނާ ސީދާ ލޮކޭޝަން ނުވަތަ މިސްރާބުވެސް ބަޔާންކޮށްފައެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި ކާއިނާތުގެ އެންމެ އެތެރޭގައިވާ ވަކި ހިސާބެއްގައި، އިންސާނުންގެ އާދައިގެ ލޮލަށް ނުފެންނަ ނަމަވެސް، ފިޒިކަލް ގޮތުން މާއްދީ ސިފަތަކެއް އެކުލެވިގެންވާ މާހައުލެއް ވެއެވެ. މިއީ ސައިންސްގެ ގާނޫނުތަކާއި ދީނީ އިޢުތިގާދުތައް އެއްކޮށްލައިގެން އޭނާ ނެރެފައިވާ ނަތީޖާއެއް ކަމަށް ވެއެވެ.
މި ހޯދުމާ ގުޅޭގޮތުން ސައިންސްވެރިންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ބައެއް ފަރާތްތަކުން މިކަމަކީ އެއްވެސް އިލްމީ ބިންގަލެއް ނެތް ޚިޔާލީ ވާހަކައެއްގެ ގޮތުގައި ސިފަކުރާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ކާއިނާތުގެ ސިއްރުތައް ދެނެގަތުމަށް ކުރެވޭ އާދަޔާ ހިލާފު މަސައްކަތެކެވެ. ނަމަވެސް، މިއީ އަދި ސައިންޓިފިކް ގޮތުން ކަށަވަރު ކުރެވިފައިވާ ހަގީގަތެއް ނޫންކަމަށާއި، މިއީ ހަމައެކަނި ވަކި ފަރުދެއްގެ ނަޒަރިއްޔާތެއްކަން ގިނަ މާހިރުން ފާހަގަކުރެއެވެ.
މި ޚަބަރަކީ ސޯޝަލް މީޑިއާގައާއި ސައިންސްގެ ދާއިރާގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މައުލޫއަކަށް ވީއިރު، މީގެ ސަބަބުން ދީނީ އަދި އިލްމީ ގޮތުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ސުވަރުގެއަކީ އާންމުކޮށް އިންސާނާގެ މަރުގެ ފަހުން ވާސިލްވާ ތަނެއްގެ ގޮތުގައި ގަބޫލުކުރެވޭ ތަނަކަށް ވީނަމަވެސް، މި ސައިންސްވެރިޔާގެ ދައުވާއަކީ މިހާރުވެސް އެތަން މި ދުނިޔޭގެ ފިޒިކަލް ނިޒާމުގެ ތެރޭގައި ހުރި ތަނެއްގެ ގޮތުގައި އޮތް އޮތުމެވެ.

ކިޔުންތެރިންގެ ހިޔާލު