މެކްސިކޯގެ ނުރައްކާތެރި ޑްރަގް ކާޓެލްއެއްގެ ލީޑަރު "އެލް މެންޗޯ" އަސްކަރިއްޔާއިން މަރާލުމާ ގުޅިގެން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށިއްޖެއެވެ.
"ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް" ގެ އިސްވެރިޔާ ނެމެސިއޯ އޮސެގުއޭރާ ސެރްވާންޓެސް، ނުވަތަ އާންމު ނަމުން ނަމަ އެލް މެންޗޯ މަރާލާފައިވަނީ މެކްސިކޯގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި ހަބަރު ފެތުރުމާއެކު، އެ ކާޓެލްގެ ހަނގުރާމަވެރިން ވަނީ މަގުތަކަށް ނުކުމެ އުޅަނދުތަކުގައި އަލިފާން ރޯކޮށް، ސަލާމަތީ ބާރުތަކާ ކުރިމަތިލާން ފަށާފައެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން މެކްސިކޯގެ ބައެއް ސިޓީތަކުގެ އާންމު ދިރިއުޅުން ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. ކާޓެލްގެ މެންބަރުން ވަނީ ގިނަ އަދަދެއްގެ ބަސްތަކާއި ޓްރަކްތައް ހުރަސްކޮށް މަގުތައް ބަންދުކޮށްފައެވެ.
އަދި ބައެއް ސަރަހައްދުތަކުގައި ފިހާރަތަކަށާއި އާންމު މުދަލަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ސަރުކާރުން ވަނީ މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ސިފައިންނާއި ފުލުހުން އެ ސަރަހައްދުތަކަށް ފޮނުވަން ފަށާފައެވެ.
އެލް މެންޗޯ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑަށް ހޯދަން ބޭނުންވެފައިވާ ކުށްވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ހޯދުމަށް އެމެރިކާއިން ވެސް ވަނީ އެތައް މިލިއަން ޑޮލަރެއްގެ އިނާމެއް ހުށަހަޅާފައެވެ. އޭނާގެ މަރަކީ މެކްސިކޯގެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގްރޫޕްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވުނު ނަމަވެސް، މިކަމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މެކްސިކޯގައި ލޭއޮހޮރުވުން އިތުރުވެގެންދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު