ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ އިރުއޮއްސި ރޯދަ ވީއްލާ ވަގުތަކީ، މާތް اللهް އެކަލާނގެ އަޅުންގެ ތެރެއިން ގިނަ ބަޔަކު ނަރަކައިގެ އަޒާބުން މިންޖުކުރައްވާ މަތިވެރި ވަގުތެއްކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅަކުން އެނގެން އެބައޮތެވެ.
މި ހަދީޘްފުޅަކީ ރޯދަވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު އުފާވެރި ޚަބަރެއްގެ ގޮތުގައި ދީނީ އިލްމުވެރިން ފާހަގަކުރައްވައެވެ.
ސުނަން އިބްނު މާޖާގައި ރިވާވެގެންވާ ހަސަން ދަރަޖައިގެ މި ހަދީޘްފުޅުގައިވާ ގޮތުން، ރޯދަ ވީއްލާ ކޮންމެ ވަގުތެއްގައިމެ ނަރަކައިން މިންޖުކުރައްވާނެ ބަޔަކު މާތް اللهް ކަނޑައަޅުއްވާފައިވެއެވެ. އަދި މިކަން ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް ތަކުރާރުވެގެންދާނެ ކަމަށް މާތް ނަބިއްޔާ ﷺ ވަނީ އަންގަވައިދެއްވާފައެވެ. މިއީ ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރާ މީހުންނަށް ދެއްވާ މަތިވެރި ނިއުމަތެކެވެ.
ދީނީ އިލްމުވެރިން އިރުޝާދު ދެއްވާ ގޮތުގައި، ރޯދަ ވީއްލާ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތަކަށް ވުމާއެކު، އެ ވަގުތު ތަކުގައި ނަރަކައިން މިންޖުކޮށްދެއްވުމަށާއި ސުވަރުގެ ވަދެވޭނެ މަގު ފަހިކޮށްދެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. މި ހަދީޘްފުޅުން އެނގިގެންދަނީ އިޚްލާޞްތެރިކަމާއެކު ރޯދަ ހިފާ މީހުންނަށް اللهްގެ ފުދުންތެރިކަމާއި ރަހުމަތްފުޅު ހުރި މިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު