ޕާކިސްތާނުން އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ވަރުގަދަ އިންޒާރެއް ދީފިއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން ޕާކިސްތާނުން ބުނެފައިވަނީ، މިއީ އެ ގައުމުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ. ޚާއްޞަކޮށް، ޕާކިސްތާނުގެ ސަރަހައްދުތަކަށް ހަމަލާދޭ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ބިމުގައި ފިލައިތިބެގެން ހަރަކާތްތެރިވާ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ތާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ޕާކިސްތާނުން އަފްޣާނިސްތާނުގެ އިސްތިގުލާލަށް އަރައިގަނެ ދީފައިވާ މި ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މީގެ ނަތީޖާ ވަރަށް ހިތްދަތިވާނެ ކަމަށެވެ.
އަދި އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން މިހާރުވެސް ސަރަހައްދީ ރޮނގު ކައިރީގައިވާ ޕާކިސްތާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ވައިގެ ހަމަލާތަކުގައި އަފްޣާނިސްތާނުގެ ޚޮސްތު އަދި ޕަކްތިކާ ޕްރޮވިންސުން އާންމުންގެ ބައެއް މީހުން މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުން މައުލޫމާތުދެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އެ ގައުމުން ހަމަލާ ދީފައިވަނީ ހަމައެކަނި ޓެރަރިސްޓުންގެ އަމާޒުތަކަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ގޯސްވެ، މަސްރަހު ހޫނުވެފައި މިވަނީ ދާދި ފަހުން ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކަށް ދެވުނު ހަމަލާއެއްގައި އެ ގައުމުގެ ސިފައިންގެ ހަތް މީހަކު މަރުވި ހާދިސާއަށް ފަހުގައެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ ޓެރަރިސްޓުންނަށް ހިމާޔަތް ދެމުންނެވެ. އެހެންނަމަވެސް އަފްޣާނިސްތާނުން ދަނީ މިކަން ތަކުރާރުކޮށް ދޮގުކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އިތުރު ކުރިމަތިލުންތަކެއް ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު