އިންޑިއާގެ ރާންޗީން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއާ އެމްބިއުލާންސެއް ޖަރްކަންދު ސްޓޭޓްގެ ޗަޓްރާ ސަރަހައްދަށް ވެއްޓި، އޭގައި ތިބި ހަތް މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓު ވެއްޓުނީ ޗަޓްރާގެ ގަދަ ޖަންގަލީގެ ތެރެއަށެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަލިމީހަކާއި، އޭނާގެ އާއިލާގެ ދެ މީހަކާއި، ދެ ޕައިލެޓުންގެ އިތުރުން ޑޮކްޓަރަކާއި ނަރުހަކު ހިމެނެއެވެ.
މި އެއާ އެމްބިއުލާންސަކީ ރާންޗީގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކު އިތުރު ފަރުވާއަށް ދިއްލީއަށް ގެންދިއުމަށް ދަތުރުކުރި ބޯޓެކެވެ. ބޯޓު ވެއްޓުނު ސަރަހައްދަކީ ދަތުރުފަތުރު ކުރުމަށް ދަތި، އުނދަގޫ ސަރަހައްދަކަށް ވުމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް އެ ސަރަހައްދަށް ދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ކަމާބެހޭ އިދާރާތައް ކަމަށްވާ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އާއި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން މިހާރު ވަނީ މި ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ. ބޯޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓު ވެއްޓުނު ވަގުތު އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ޖަރްކަންދު ސްޓޭޓްގެ އިސްވެރިންނާއި އިންޑިއާގެ ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުވި މީހުންގެ ހަށިތައް ހޯދައި، ޕޯސްޓްމޯޓަމް ހެދުމަށް ރާންޗީއަށް ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު