މާޗް 21 ގައި ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު މަައުރޫފް ޒާކިރު ވިދާޅުވީ، އަންނަ މާޗް މަހުގެ 21 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ މިހާރުގެ ވެރިކަމާ ދެކޮޅަށް އަދި ދިވެހި ރައްޔިތުންގެ މިނިވަންކަން އަލުން ހޯދުމަށްޓަކައި ބޮޑު އެއްވުމެއް ނުވަތަ އިޙްތިޖާޖެއް ބޭއްވުމަށް ޕާޓީގެ ލީޑަޝިޕުންނާއި ހިންގާ ކޮމިޓީން މިހާރު އިއްތިފާގުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން މައުރޫފް ވިދާޅުވީ، މި ހަރަކާތަކީ ގައުމުގައި މިހާރު މިއޮތް "ޚުދުމުހުތާރު" ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، އިސްލާހަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުން މި ހަރަކާތުގައި ބައިވެރިވުމަށް އޭނާ ވަނީ ދައުވަތު އަރުވާފައެވެ.
މި މުޒާހަރާއަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުންގެ އަޑު އުފުލުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
މި އެއްވުން ބާއްވާނެ ވަގުތާއި ސަރަހައްދު ފަދަ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު